ޝީޝާއިން "ބޯނަސް"ގެ ނަމުގައި ހޮންޑާގެ ހާއްސަ ޕްރޮމޯޝަނެއް

ޝީޝާ އިން ކުރިއަށްގެންދާ ޕްރޮމޯޝަނުގެ ތެރެއިން --- ފޮޓޯ: ޝީޝާ/ފޭސްބުކް

ޝީޝާއިން "ބޯނަސް" ގެ ނަމުގައި ހޮންޑާ ސައިކަލުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކުރިއަށް އޮތް އެއް މަސްތެރޭ ޝީޝާ އިން ގަންނަ ސައިކަލުތަކުން 3،000 ރުފިޔާ އާއި 6،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޑިސްކައުންޓް ލިބޭނެއެވެ.

ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި ގަންނަ ކޮންމެ ސައިކަލަކާއެކު ހެލްމެޓް، ޕްރޮޓެކްޓިވް ކަވަރު އަދި ޓީޝާޓު ފަދަ ހަދިޔާތައް ލިބޭނެ ކަމަށްވެސް ޝީޝާއިން ބުންޏެވެ.

އިންސްޓޯލްމެންޓަށް އަދި އިސްލާމިކް ބޭންކު މެދުވެރިކޮށް ސައިކަލު ގަންނަ ފަރާތްތަކަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެކަމަށް ޝީޝާއިން ބުންޏެވެ.

މާލޭގެ އިތުރުން ކުޅުދުއްފުއްޓާއި އައްޑޫ އަދި ހުޅުމާލެއާއި ފުވައްމުލަކުގައި ހިންގާ ޝީޝާގެ ފިހާރަތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެ ޝީޝާއިން ބުންޏެވެ.

ރާއްޖޭގައި ހޮންޑާ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ޝީޝާއެވެ. ހޮންޑާ ބްރޭންޑުގެ އެކި މޮޑެލްތަކުގެ ސައިކަލު އެ ޝީޝާއިން ލިބޭނެއެވެ.

comment ކޮމެންޓް