ސަރުކާރުން ބީއެމްއެލްގެ ބޯޑަށް އައްޔަން ކުރާ ޑިރެކްޓަރުން ކަނޑައަޅައިފި

މެއި 13، 2018: ބޭންކް އޮފް މޯލްޑިވްސް 2017ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ ފަޔާޒު މޫސާ

ގައުމީ ބޭންކް، ބީއެމްއެލްގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރާނެ ހަތް ޑިރެކްޓަރުން ކަނޑައަޅައި އެކަން އިއުލާންކޮށްފި އެވެ.

މި މަހުގެ 30ވަނަ ދުވަހުގެ ރޭ އޮންނަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާއަށް ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ހަމަޖެއްސުމަށް ހުށަހަޅާނެ ހަތް ނަމަކީ؛

1. ޓިމޮތީ ސޯޔާ، ޓިމް- ބޭންކްގެ ސީއީއޯ

2. މުހައްމަދު ޝަރީފް، މ. އިފާއު، މާލެ- ޑެޕިއުޓީ ސީއީއޯ

3. ޖުވައިރިޔާ ސައީދު، މއ. ކޮށީގެ، މާލެ

4. ޘަނާ މަންސޫރު، މއ. މަނަސް، މާލެ

5. ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ

6. ހައްވާ ސަފުނާ، ހ. ވައިފިލާގެ، މާލެ

7. ހުސައިން ތައުފީގު އަލީ، މ. މުއިރި، މާލެ

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން އައްޔަން ކުރާ ޑިރެކްޓަރުން (ވ-ކ) ޓިމް، ޝަރީފް، ޘަނާ މަންސޫރު، ޖުވޭރިޔާ، ސަފުނާ، ތައުފީގު އަދި ނަޖީމް.

ބީއެމްއެލްގެ އާ ސީއީއޯ ޓިމްގެ އިތުރުން، ޖުވެއިރިޔާ އާއި ޘަނާ މަންސޫރާއި ނަޖީމް އާއި ހުސައިން ތައުފީގު އަކީ މުޅިން އަލަށް ބީއެމްއެލްގެ ބޯޑަށް ހަމަޖައްސާ ބޭފުޅުން އެވެ.

މި ހަތް ބޭފުޅުންގެ އިތުރުން އާންމު ހިއްސާދާރުންގެ ފަރާތުން ތިން ޑިރެކްޓަރުން ބީއެމްއެލްގެ ބޯޑުގައި ތިއްބަވަ އެވެ.

ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ކުރިމަތިލެއްވީ މިހާރު ވެސް އާންމު ހިއްސާދާރުންގެ ތެރެއިން އެ ބޯޑްގައި އިންނަވާ، މުހައްމަދު އަބްދުއްސައްތާރު، މއ. ޓިއުލިޕްވިލާ، މާލެ އަދި އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ އަދި މުޅިން އަލަށް އެ މަގާމަށް ކުރިމަތިލައްވާ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އިންޑިއާ ސަފީރަކަށް ހުންނެވި އަހުމަދު މުހައްމަދު އެވެ.

ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ކުރިމަތިލެއްވި، (ކ-ވ) އިބްރާހީމް މުހައްމަދު، އަހުމަދު މުހައްމަދު އަދި މުހައްމަދު އަބްދުއްސައްތާރު.

މިބޭފުޅުން ބޯޑަށް އައްޔަން ކުރާނީ މި މަހުގެ 30ވަނަ ދުވަހުގެ ރޭ ހޮޓަލް ޖެންގެ ބޯލް ރޫމްގައި ބާއްވާ މިދިޔަ އަހަރުގެ އޭޖީއެމްގަ އެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑްގައި ތިއްބަވާ ބޭފުޅުންނަށް ރުހުން ދޭނީ ސިއްރު ވޯޓަކުން އެވެ.

ބޭންކްގެ އޭޖީއެމްގައި ބައިވެރިވުމަށް އެދޭ ހިއްސާދާރުންނަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޖަލްސާގައި ބައިވެރިވެވޭނީ ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ހިއްސާދާރުންނަށެވެ.

ބޭންކް އޮފް މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން 129.16 މިލިއަން ރުފިޔާ ހިއްސާ ދާރުންނަށް ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ. އެއީ ހިއްސާ އަކަށް 24 ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ.

comment ކޮމެންޓް