ޗައިނާ ސަރުކާރުގެ އެހީގައި ފުޅަދުއާއި ފެހެންދޫގައި ޓާފް ދަނޑުތައް އަޅައި ނިންމައިފި

ޗައިނާ ސަރުކާރުގެ އެހީގައި ހެދި ޓާފް ދަނޑެއް-- ފޮޓޯ: ޗައިނާ ސަފީރު

ޗައިނާ ސަރުކާރުގެ އެހީގައި ބ. ފުޅަދޫ އަދި ފެހެންދޫގައި ޓާފް ދަނޑުތައް އަޅައި ނިންމައިފިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގް މިއަދު ކުރެއްި ޓުވީޓެއްގައި ވަނީ އެ ދަނުތައް ނިމުނުކަން ހާމަކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ޗައިނާ އެއިޑް ޕްރޮގްރާމްގެ ދަށުން 35 ރަށެއްގައި އާޓިފިޝަލް ޓާފް ދަނޑުތަކެއް އެޅިގެންދާނެ ކަމަށެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ރަށުގައި އާޓިފިޝަލް ދަނޑުތައް އަޅަން ފެށީ މީގެ ދެމަހެއްހާ ދުވަސް ކުރިން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ 34 މީޓަރު، 34 މީޓަރުގެ ދަނޑެއް ކަމަށެވެ.

ޔޫތު މިނިސްޓްރީން ހުއްދަ ލިބުނުހާ އަވަހަކަށް އެ ދަނޑުތައް ބޭނުންކުރަން ފަށާނެކަމަށްވެސް މޫސާ ވިދާޅުވިއެވެ.

އެ ޓާފް ދަނޑުތައް އެޅުމާގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވަނީ ޓުވިޓާގައި ޗައިނާގެ ސަފީރު ޓޭގްކުރައްވައި ޗައިނާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

ރާއްޖޭގެ ތަރައްގީގެ ކަންކަމަށް ޗައިނާގެ ސަރުކާރުން އަބަދުެވސް ދަނީ އެހީތެރިވަމުންނެވެ. ޗައިނާގެ ސަފީރު މިރޭ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ޗައިނާއިން ރާއްޖޭގެ ކޮންމެ ސަރުކާރަކާ އެކުގައިވެސް މަސައްކަތްކޮށްފައިވަނީ ރަހުމަތްތެރިކަމާއެކު ދެ ގައުމަށްވެސް ފައިދާހުރި ގޮތަށް ކަމަށެވެ.

comment ކޮމެންޓް