ހަތަރުވަނަ ވެކޭޝަންސް އެކްސްޕޯ އާއި އެފްއެންޑްބީ ޝޯ ފަށައިފި

ވެކޭޝަންސް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ހައިރައިޒުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯ އަދި އެފްއެންޑްބީ ޝީ ދަރުބާރުގެގައި ފަށައިފިއެވެ.

މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އެފްއެންޑްބީ ޝޯ އަދި ވެކޭޝަންސް އެކްސްޕޯ ދަރުބާރުގޭގައި ކުރިއަށްދާއިރު މިއީ މި ދެ އިވެންޓު ބާއްވާ ހަތަރުވަނަ ފަހަރެވެ.

ވެކޭޝަންސް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ވެކޭޝަންސް އެކްސްޕޯއަކީ ބޮޑުއީދާ ދިމާކޮށް ޗުއްޓީ އަށް ރާއްޖެއިން ބޭރަށް ނުވަތަ އަތޮޅުތެރެއަށާއި ރިސޯޓުތަކަށް ދާން ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތައް އަންގައިދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.

އެފްއެންޑްބީ ޝޯ އަކީ ކާބޯތަކެތީގެ ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެކެވެ.

ވެކޭޝަންސް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އެފްއެންޑްބީ ޝޯ އަދި ވެކޭޝަންސް އެކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.

ވެކޭޝަންސް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތ އޮންނާނެއެވެ.

comment ކޮމެންޓް