މާލޭ ގްރޭންޑްގެ ދޮރެއްގެ ބިއްލޫރިތައް ތެޅި މަގުމައްޗަށް ފައިބައިފި

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތައް -- ސަން ފޮޓޯ

މަޖީދީ މަގުގައި ހުންނަ މާލޭ ގްރޭންޑް (ޓާޓާ ފްލެޓު) ގެ ހަވަނަ ފްލޯއިން ބިއްލޫރިގަނޑެއް ވެއްޓިއްޖެ އެވެ.

ޓާޓާ ފްލެޓުތަކުގެ ބިއްލޫރި ދޮރުތައް ތެޅޭ މައްސަލަ މީގެ ކުރިންވެސް ވަނީ ކުރިމަތިވެފަ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:00 އެހާކަންހާއިރު މާލޭ ގްރޭންޑުގެ ހަ ވަނަ ފަންގިފިލާ އިން ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް މަގުމައްޗަށް ވެއްޓުނު ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. ބިއްލޫރިތައް މިހާރު ނަގާފައިވާ ކަމަށާއި ބިއްލޫރިތައް ނެގީ އިމާރާތް ބަހަލައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކަމަށްވެސް ފުލުހުން ބުންޏެވެ.

https://sun.mv/113020

ޓާޓާ ފްލެޓުތަކުގެ ބިއްލޫރި ދޮރުތައް ތަޅައިގެންދަނީ އޯވާ ހީޓްވެގެން ކަމަށް ބެލެވެ އެވެ. އެ ބިއްލޫރިތަކުގައި އަތްލުމުން އާދަޔާ ހިލާފަށް ހޫނުކަން އިހުސާސްކުރެވޭ ކަމަށާއި މިހެން މިކަން ދިމާވަނީ ރާއްޖޭގެ މާހައުލާ ނުގުޅޭ ބިއްލޫރިއެއް ބޭނުންކޮށްފައި ހުރުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށް އެތަނުގައި ދިިރިއުޅޭ މީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް