ރޯދަ މަހުގެ މަޖާކުރުމަކީ އަހަރެމެންގެ މެދުގައި އިއްޔެ އަކު މިއަދަކުގެ އެކަނި ކަމެއް ނޫނެވެ. އިހަށް ދުވަހު ވެސް އެއީ ހަމަ ޖޯޝާއި ފޯރީގައި ކުރެވެމުން ދިޔަ ކަމެކެވެ.

މިފަދަ އެއްކަމަކީ ރޯދަވީއްލަން ކަނޑުމައްޗަށް ދިއުމުވެ. އެބައެއްގެ ކެރިފޯރުން ހުރި ވަރަކުން ކާބޯތަކެތި ތައްޔާރުކޮށް ހިފައިގެން އިރުއޮއްސޭއިރަށް ކަނޑުބޭރުވެ ހަލެއް ގިރިއެއްގެ ނިވަލުގައި ފަނާ ނުވަތަ ލޮތާރިލައިގެންތިބެ އެވެ. ގިނަ ފަހަރަށް މިހެން ތިބުމުގައި ކެއޮޅުކަންކުރެ އެވެ. އޭރުން އެއްދޮނުގައި ދެބުޅިޖަހައޭ ކިޔާގޮތަށް އެރޭގެ ހައުރުދަމަށް ފިހެލާނެ މަސް ވެސްބޭވެ އެވެ.

މީގެ ސާޅީހަކަށް އަހަރު ކުރީގައި ހިނގިކަމެކެވެ.

އެގޮތަށް ރޯދަމަޖާކުރާ އޮޑިއެއްގައި ހިމެނި ހަމަ ކޮންމެ ދުވަހަކު އިރުއޮއްސޭ ވަގުތަށް އަހަރެމެން ކެޔޮޅުކަމު ނުކުތީމެވެ. ރޯދަވީއްލަން ގެންދާތަކެތި އެދުވަހަކަށް ހަމަޖެހިފައިވާ މީހަކު ގެންދެ އެވެ. މަޖާ ކެއުންގަނޑުގަނޑާ އެކު އިތުރު ކޮންމެވެސް މަޖަލެއް ނެގުމުގައި މަހުގެ އެގާރަ ދުވަސް ވެއަތުވީ ފިސާރި ހުނުމާއި އުފަލާއި މަޖަލުގަ އެވެ. އެހެންޏާ ފޮނިރަހަލާން ވީއެއްޗެއް ނުލާހިކު ކުޅިވެގެންނެވެ. މިފަދައިން ރަހަތައްބަދަލުކޮށް ކާތަކެތި ތައްޔާރުކުރަނީ އެވަގުތު އެއެއްޗެއް ކެވޭ މީހާއަށް އެވާ މަޖާގޮތް ދެންތިބިންދެކެ އެމަޖަލުގައި ބައިވެރިވެލާށެވެ. ކޮންމެއަކަސް އަހަންނާޖެހުނު ދުވަހު ވެސް މަޖަލެއް ކުރެވޭ ފަދަ ކަމެއްކުރީމެވެ. ހެދިގޮތަކީ ގެންދިޔަ ރޮށިތަކުގައި ގިތެޔޮމިރުސް ހާކާފައި އޮތް ދެތިންރޮށްޓެއް ބޭއްވީ އެވެ. އެދުވަހު އެއިން މިރުސްހޭކި ރޮށްޓެއް ފުނޑުވަމުން އެކަތިކޮޅު އެކަކު އަނގައަށްލި އެވެ. އެއާއެކު އޭނާއަށް ތެޅިގަނެވި ޗޯސްދަމަން ފެށުންވީ އެހެން އެންމެންނަށް ބޮޑުމަޖަލަކަށެވެ.

ދެންއައީ އެމަޖާ ނުވަތަ ސަމާސާ ވިހަވީދުވަހެވެ. އެދުވަހުގެ ކާއެއްޗެހިގެނައި މީހާ ބުނީ "ރަހަރަހަލެއްވުމަކީ އޭނާއަށް ރުހެވޭކަމަކަށް ނުވާތީ" އެއްވެސް އެއްޗަކަށް އެފަދަ އެއްވެސްކަމެއް އޭނާނުކުރާކަމުގަ އެވެ. މިއަދުގެ ބައިވެރިންގެ ތެރޭގައި އުމުރުގެ ފަސްދޮޅަހަކަށް އަހަރު ގުނާފައިތިބި ދެމީހަކު ތިއްބެވެ. އިރުއޮސްފުހުމާ އެކު ކާބޯތަކެއްޗަށް އަޅައިލާ އޭގެ ގޮތްބާވަތް ބަލަންފެށުނެވެ.

ޓުޓޮއް ކަހަލައަޑެއް އިވުމާ އެކު ކުރިން ބުނި ދޮށީ އުމުރުގެ އެކަކުއޭނާގެ އަމިއްލަ އަނގަމަތީގައި އަތްއެޅި އެވެ. އަދިއެއާ އެކު އަނގައިން ނެރުނީ އެދުވަހު ގެނެސްފައި ހުރި ހަނޑުލުގުޅަތަކުން ގުޅައެކެވެ. ފެޅިފައި އޮތް ގުޅަޔާ އެކު ދެންއޮތީ ގުޅައިތެރޭގައި އޮތް ކުޑަފުވައްކިބައެކެވެ. އޭގެ ފަހުން ދެން................ ދެން ދެން އޭނާގެ ކޮލުން ދެންމެ ބިނދުނު ދަތުގެބުރި ވަރެވެ.

އޭނާގެ އަނގައިން ދެންއައީ ލެޔެވެ. އޭނާ ދެން އައީ ރުޅިއެވެ. "ހަމަމިހާރު ލޮތާރިނަގައިގެން ރަށްދާންވީ ...... މަގޭ މިދޯނި ދެން ދުވަހަކު ވެސް މި ދަތުރެއްނުކުރާނެ" ކަމުގައިބުނީ އެވެ. އެދުވަހަށް ފަހު އެ ރޯދަމަހުގެ އެމަޖާ ނެގުން ނެތުނީ އެވެ. އެދުވަހު ކާއެއްޗެއް ގެނައިމީހާ ބުންޔެވެ. ފުވައްކިބައެއް އެތެރެއަށް ލައިގެން ތެލުލީ މިސަތޭކަ ގުޅައިގެ ތެރެއިން އެންމެ ދެގުޅަ އަށެވެ. އަޅެ އެ ބޭބެ އެތަނުން އެއްގުޅަ އަނގައަށްލައި އެހާބާރަށް ހަފައިލީ ކީއްވެބާ އެވެ.!

comment ކޮމެންޓް
ގުޅޭ ޚަބަރު