ރުޅިއަކީ އަންނަން ޖެހޭ ވެސް އެއްޗެކެވެ.

ހަމައެއާ އެކު ރުޅިއަކީ ތިމާގެ ފުރިހަމަ ބާރުގެ ދަށުގައި މައިތިރިކޮށް ކިއަމަނުގައި ނުގެންގުޅެވޭ ނަމަ ތިމާއަށް ތަފާތު ގެއްލުމާއި ދެރަލިބި ލަދު ގަންނަން ޖެހޭކަމެއްވެސް މެ އެވެ. މި ކަން ނުވަތަ މި ތެދު މީގެ އެތަކެއް ދިހަ އަހަރު ކުރިއްސުރެ ފެނިސާބިތު ވަމުން އަންނަ ކަމީ ހައިރާންވާ ވަރަށް ވުރެ ލުއި އަދި ފަސޭހައިން ޔަގީންކުރެވޭނެ ކަމެކެވެ.

ސައީދާ މެންގެއަށް އޭގެ ހަފުތާއެއް ކުރިން އެގޭ އިބުރާހިމުގެ ރައްޓެހި ބަޔަކުއައިސްތިއްބެވެ. އެއީ މުރައިދޫ މޫސަބެ އަންހެންދަރިފުޅާއި އޭނާގެ އަންހެނުންނެވެ. ވުމާ އެކު އެދުވަސްވަރުގެ އާދައިގެ މަތިން ޒުވާން ފިރިހެންވެރިންގެ އުނދަގޫ އޮތީ ވަރަށް ބޮޑުވެފަ އެވެ. މުރައިދޫ މޫސަގެ އެ ކުއްޖާއަކީ ވެސް ބަލައިލަން ރީތިގޮތެއް ހުރި އެންމެ ޒުވާންފުރައިގެ ކުއްޖެއްކަމުގައި ވާތީ ރޭގަނޑު ސައީދާމެނަށް ހަމަނިދި ނިދާލަން ނުލިބެ އެވެ. އެހެންނާ ފެންފޮދެއް ނޫނީ ހުނިކޮޅެއް ހޯދަން އިރުއިރުކޮޅާ ކޮންމެވެސް ފިރިހެންކުއްޖަކު އެގޭ ގޯތިތެރެއަށް ވަދެގެންއައިސް އެލުވާފައި ހުރި ފުޅަލިދޮރުހިއްލާ ގޮވާލަ އެވެ. ގިނަ ފަހަރު ޖަވާބުދެނީ ސައީދާ އެވެ.

ކޮންމެއަކަސް އެއްފަހަރުން އަނެއްފަހަރަށް ހެން ސައީދާގެ ރުޅިގަދަވަމުން އަ އެވެ. ތިޔައުޅެނީ ފެންބޯކަށް ވެސް ނޫނޭ ކިޔާ އެއްޗެހިގޮވަންފެށުނެވެ. ރެއާހަމައަށް އައިއިރު ސައީދާގެ ރުޅިގަދަވެ އެގޮތަށް ދޮރުބޭރުން ގޮވާލާއިރަށް ހަޅޭއްލަވަމުން އިލޮށިފަތި ހިފައިގެން ނުކުމެ އެކުދިންގައި ތަޅަން މަސައްކަތް ވެސް ކުރެވޭ ވަރަށް ރުޅި ހައްދުން ނެއްޓިއްޖެ އެވެ. އެކުދިން ވެސް ހަމައިރުއިރު ކޮޅާދޮރުހިއްލާލަން ހިފާލަ އެވެ.

ފަހުން ފަހުން ސައީދާ ހަދާގޮތަކީ ދޮރު ހިއްލާލާފައި ވުސްލާފައި ނުކުމެ އިލޮށިފަތިން ޖަހަނީ އެވެ. ނޫނީ ޖަހަން މަސައްކަތްކުރަނީ އެވެ. އެހިސާބުން އެތަނުން ދެކުއްޖަކު ބުއްދިއެއް ކުރިއެވެ. އެމީހުން ކޮންމެވެސް ގޮތަކުން ގުގުރި ފިލާތަކެއް ހޯދި އެވެ. އެއަށް ފަހު އެބައިވަރު ގެނެސް ސައީދާ ވުސްލާފައި ނުކުންނަތަނުން ފައިންއެރޭ ހިސާބުގައި ފަތުރާލި އެވެ. ހަނދު މަހެއްގެ ސައްބީސް ހަތާވީސް ހާތަން ކަމުގައި ވާތީ އެގޭ ދޮރުމަތި ވަރަށްއަނދިރި އެވެ. އަލިކަމެއް އެއްމެގާތުން ފެންނަނީ އެމަގުކޮޅުގައި ހަތަރު އަނގޮޅިއަށްވާގޮތަށް ދިއްލާފަައިހުރި ލަންޓަނުންނެވެ.

މިއީ ފަހު ފަހަރޭ ކިޔާފައި އެކުދިން އައިސް އެގޭދޮރުގަނޑު ހިއްލާލަމުން ސައީދާއަށް ގޮވާލާފައި ބޯފެންފޮދެއް ލިބިދާނެތޯ އެހިއެވެ. އެކަމަށް ސަމާލުވެ އިލޮށިފަތިހިފައިގެން ބޮޑުއަށީކޮޅުގައި އިން ސައީދާއަށް " ފެނެއް ވެސްނޫން ނުބޮވިގެން ތިޔައުޅެ............" އެހިސާބަށް ބުނެވުނު އިރު ބޭރަށްއެޅިފައިއެޅުނީ ފިސާރި ރަނގަޅު އެއްޗެހިތަކެއްމަތީގަ އެވެ. ޗޫސްލާފައި ކައްސާލީ ދެނެވެ. ވެއްޓިޖެހުނު ގޮތުން ސައީދާފަކީރަށް ނުވެސް ތެދުވެވުނެވެ. ކަނާތުފައިގެ ކުޑަހުޅަށާއި ހަމަށް ވީއަނިޔާ ފަސޭހަވި މަސްދެމަސްފަހުންނެވެ.

(އެގޮތަށް ގޭގެއަށް ވަންނަން އަންނަ މީހުން ފަހައިގަތުމަކީ އޭރުގެ އާދައެކެވެ. މިފަދަގޮތް ގޮތަށް ދޮރުމަތީގައި ތަކެތިބައްޓައިގެން ލަނޑު ދިނުމަކީ މަދުންނަމަވެސް ކުރާކަމެކެވެ. މިގޮތަށް ބަހައްޓާ ތަކެތީގެ ގޮތުގައި ގުގުރިފިލާގެ އިތުރުން ގެރިގުޔާއި ބޮޑުކަމުނަޖިސް ފަދަތަކެތި ބޭނުން ކުރުމަކީ ވެސް އޮންނަ ކަމެކެވެ.)

comment ކޮމެންޓް
ގުޅޭ ޚަބަރު