ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ނަން ބަދަލުކޮށްފި

ކީރިތި ގުރުއާނާ ބެހޭ މަރުކަޒު-- ފޮޓޯ: ޕީއެސްއެމް

ޤުރުއާނާގެ އިލްމު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަރުވައި ދީނީ އިލްމު އާލާކުރުމުގެ ގޮތުން އުފައްދައިފައިވާ ގުރުއާނާ ބެހޭ މަރުކަޒުގެ ނަން ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފިއެވެ.

އެ ނަަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބަދަލުކުރެއްވިކަން ރައީސް އޮފީހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ކީރިތި ގުުރުއާނާ ބެހޭ މަރުކަޒަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުންދާ މަރުކަޒެކެވެ. އެ މަރުކަޒުގެ 12 އަށް ވުރެ ގިނަ ގޮފިތައް ރާއްޖޭގެ އެކި އެކި ހިސާބުގައި މިހާރުވެސް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ބ.އޭދަފުށި އަދި ޅ. ނައިފަރުގައި ހުންނަ މަރުކަޒުވެސް ހިމެނެއެވެ. އެ މަރުކަޒުން މިހާރުވެސް ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޤުރުއާން މުބާރާތްތައް ބާއްވައި އިންތިޒާމުތައްވެސް ކުރަމުންނެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރިން އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރުވެސް އެމަރުކަޒުގެ ނަން ބަދަލުކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އޭރު އެތަނުގެ ނަން ބަދަލުކުރަން އުޅުނޫ ކީރިތި ޤުރުއާނާ ސުންނަތާ ބެހޭ މަރުކަޒަށެވެ.

ގުރުއާނާ ބެހޭ މަރުކަޒުގެ ނަން ބަދަލުކުރަން ނިންމިއިރު "ރަސްރަނި ބަގީޗާ" ގެ ނަން ކުރިން ކިޔަމުންއައި "ސަލްޓަން ޕާކް" ގެ ނަމަށް ބަދަލުކުރުމަށްވެސް މާލޭގެ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު