"ކަރިޝްމާ ޕާޓީ" އުފެއްދުމުގެ މަސައްކަތް ހުއްޓާލައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސާއި އެ ކޮމިޝަންގެ ދެ މެންބަރުން-- ފޮޓޯ: އީސީ

''ކަރިޝްމާ ޕާޓީ މޯލްޑިވްސް''ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުނު ފަރާތުން އެ ހުށަހެޅުން އަނބުރާ ގެންގޮސްފިއެވެ.

''ކަރިޝްމާ ޕާޓީ މޯލްޑިވްސް''ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، ''ކަރިޝްމާ ޕާޓީ މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުން އެފަރާތުން އަނބުރާ ގެންގޮސްފި'' ކަމަށެވެ.

ކަރިޝްމާ ޕާޓީ މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފައި ވަނީ، މ. ކެލަމް މުހައްމަދު އިސްމާއީލް ކަމަށް އީސީން މައުލޫމާތު ދެއެވެ.

https://sun.mv/113583

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ، މޯލްޑިވްސް ރިޕޯމް ޕާޓީ"ގެ ނަމުގައި މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް ވެސް ހުއްދަ ދީފައެވެ.

އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހަމަކުރާން ޖެހޭ 3000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރުމަށް އީސީން މިއަދު ހުއްދަދީފައި ވަނީ، އަދާލަތު ޕާޓީގެ ކުރީގެ ކައުންސިލް މެންބަރެއް ކަމަށްވާ ސ. ފޭދޫ، އިނގުރުމާގޭ، ޝައިހު މުހައްމަދު ދީދީއަށެވެ.

https://sun.mv/113656

މީގެ އިތުރުން، ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަަވައިގެން ހައްދަވާ "ޕީޕަލްސް ނޭޝަނަލް ކޮންގްރެސް"އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ "މޯލްޑިވްސް ތާރޑްވޭސް ޑިމޮކްރޭޓްސް" ހިމެނޭ ގޮތަށް އިތުރު ހަތަރު ޕާޓީއެއް އުފެއްދުމަށް އީސީން މިހާރުވަނީ ހުއްދަދީފައެވެ.

comment ކޮމެންޓް