އަލިފާންރޯވެ ގިލި ލަންކަންފުށީގެ ބޮޑު ބައެއް އަނދައިފި

ގިލި ލަންކަންފުށީ މޫދު ކޮޓަރިތަކެއްގައި އަލިފާން ރޯވެ އަނދަމުން ދަނީ -- ފޮޓޯ/ ސަންގެ ކިއުންތެރިއެއް

މާލެ އަތޮޅު ލަންކަންފުށީގައި ތަރައްގީކޮށްފައިވާ، ގިލި ލަންކަންފުށީގެ މޫދު ކޮޓަރިއެއްގައި އަލިފާން ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އެރަށުގެ ބޮޑު ބައެއް އަނދައިފިއެވެ.

އަލިފާން ގަނޑު ކޮންޓްރޯލް ނުވެ ރިސޯޓްގެ ގިނަ ކޮޓަރިތަކެއް މިހާރު ވަނީ އަނދައިފައެވެ. އެމްއެންޑީއެފް އިން ބުނީ މިހާރު އެ ރިސޯޓްގެ އެތެރެއަށް އަލިފާންގަނޑު މިހާރު ފެތުރެމުންދާ ކަމަށެވެ. އަދި މޫދު ކޮޓަރިތަކާއި އަދި ޖެޓީ ސަރަހައްދުން އަލިފާންގަނޑު ނިވުނުއިރު އެތަން އެއްކޮށް އަނދައިފައިވާ ކަމަށެވެ.

އަލިފާން ރޯވީ ތީރުން ދައްކާފައިވާ ތަނުގައި ހުރި ރޫމްތަކުގައި --

އެމްއެންޑީއެފްއިން ބުނީ އަލިފާން ނިއްވުމަށް މާލެއިން އިތުރު ޓީމެއް ދަތުރުކުރަމުންގެންދާ ކަމަށެވެ.

ސަން ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ، އެންމެ ފުރަތަމަ އަލިފާން ރޯވެ އަނދީ ހިންމަފުއްޓާވީ ކޮޅުގައި، ވަކީން މޫދުގައި ހަދާފައިވާ ޕްރެސިޑެންސަލް ސޫޓާއި އަދި އެތަނާ ޖެހިގެން ހުރި މޫދު ކޮޓަރިތަގުގައި ކަމަށެވެ.

ގިލި ލަންކަންފުށީ މޫދު ކޮޓަރިތަކެއްގައި އަލިފާން ރޯވެ އަނދަމުން ދަނީ -- ފޮޓޯ/ ސަންގެ ކިއުންތެރިއެއް

ސަން އަށް މައުލޫމާތު ދިން މީހާ ބުނީ ވައިގަދަ ކަމާ އެކު އަވަސް ގޮތަކަށް ފިޔަވަޅު ނޭޅިއްޖެ ނަމަ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އޭނާ ބުނީ ރިސޯޓްގެ ފަރާތުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ނިއްވުމަށް ޕެރެޑައިސް އައިލެންޑް ރިސޯޓްގެ ފަޔާ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.
comment ކޮމެންޓް