ފީނާ ވޯލްޑްޗެމްޕިއަންޝިޕްސް ގައި ޤައުމީ ފަސް ރިކޯޑެއް އާކޮށްފި

ފީނާ ވޯލްޑްމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލުކުރި ފެތުންތެރިން ---

ޗައިނާގެ ހަންޒޯގައި ޑިސެމްބަރު 11 އިން 17 އަށް ކުރިއަށްދާ ފީނާ ވޯލްޑް ސްވިމިންގ 14 ވަނަ ޗެމްޕިއަންޝިޕްސް (ޝޯރޓް ކޯސް) ގައި، ޤައުމީ ފަސް ރެކޯރޑެއް އާކޮށްފިއެވެ.

މި މުބާރާތުގައި 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓް 02:26.35 އިން އަދި 200 މީޓަރ ފްރީސްޓައިލް އިވެންޓް 02:09.57 އިން ފުރިހަމަކޮށް މުބާލް އައްޒާމް އިބްރާހިމް ވަނީ 2017 ވަނަ އަހަރު ފަސް ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި އޭނާ ހަދާފައިވާ ގައުމީ ދެ ރިކޯރޑް އާކޮށްފައެވެ.

މީގެ އިތުރުން އަލީ އިމްއާން ވަނީ 100 މީޓަރ ބެކްސްޓްރޯކް އިވެންޓް 01:08.71 އިން އަދި 50 މީޓަރ ބެކްސްޓްރޯކް އިވެންޓް 00:31.16 އިން ފުރިހަމަކޮށް 2017 ވަނަ އަހަރު ފަސް ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާރޓްސް ގޭމްސްގައި އިމްއާން އައުކޮށްފައިވާ ރެެކޯޑްތައް އައުކޮށްފައެވެ.

އަންހެން ފެތުންތެރިންގެ ތެރެއިން، އައިޝަތު ސައުސަން ވަނީ 2017 ވަނަ އަހަރު ފަސް ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާރޓްސް ގޭމްސްގައި އާމިނަތު ޝަޖަން އައުކޮށްފައިވާ 100 މީޓަރ ބަޓަފްލައި އިވެންޓްގެ ގައުމީ ރެކޯޑް އާކޮށްފައެވެ. މި ރެކޯޑް ސައުސަން އައުކޮށްފައިވަނީ 01:23.16 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރީ، މުބާލް އައްޒާމް އިބްރާޙީމް، އަލީ އިމްއާން، އައިޝަތު ސައުސަން އަދި، ހަމްނާ އަހުމަދެވެ.

ކޯޗް އަދި ޓީމް ލީޑަރެއްގެ ގޮތުގައި ޓީމާ ހަވާލުވެގެން ގޮސްފައިވަނީ ގައުމީ ހެޑްކޯޗު، އިބްރާޙީމް މޫސާއެވެ.

comment ކޮމެންޓް