ޗީފް ސްކައުޓްގެ މަގާމު ރައީސް ގަބޫލު ކުރައްވައިފި

ރައީސް ޗީފް ސްކައުޓްގެ މަގާމު ގަބޫލުފުޅު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ޗީފް ސްކައުޓްގެ މަގާމު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލުފުޅު ކުރައްވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ސްކައުޓް އެސޯސިއޭޝަންގެ ކައުންސިލްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޗީފް ސްކައުޓުގެ މަގާމު ރައީސް ގަބޫލު ކުރެއްވުމުން ސްކައުޓް އެސޯސިއޭޝަން ކައުންސިލްގެ ފަރާތުން ވަނީ އެމަނިކުފާނުގެ ކަރުގައި ޗީފް ސްކައުޓްގެ ރަމްޒީ ސްކާފް އަޅުއްވައިދެއްވައިފަ އެވެ.

ރައީސް ޗީފް ސްކައުޓްގެ މަގާމު ގަބޫލުފުޅު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި ރައީސް ވަނީ ސްކައުޓް އެސޯސިއޭޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޗީފް ސްކައުޓްގެ މަގާމު ގަބޫލުފުޅު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ސްކައުޓް އެސޯސިއޭޝަނުން ވަނީ ސްކައުޓު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރި ގޮންޖެހުންތަކާއި އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްލޭންތައް ރައީސްއާ ހިއްސާކޮށްފަ އެވެ.

comment ކޮމެންޓް