ވެލެޒިނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

އައިޝަތު ވެލެޒިނީ -- ފައިލް ފޮޓޯ

ފުލުހުންގެ ބަންދުގައި ހުރި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު، އައިޝަތު ވެލިޒިނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ވެލެޒިނީ މިއަދު ހެނދުނު ނަފްސާނީ ބަލީގެ ޑޮކްޓަރަކަަށް ދައްކައިފައިވާ ކަަމަށާއި އަދި މެންދުރު ފަހު އޭނާ އެޑްމިޓްކޮށްފައިވާ ކަމަށެވެ.

ވެލެޒިނީ ހައްޔަރުކުރުމުން އެކަމަށް ފާޑުކިޔައި، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުން ދަނީ އޭނާއަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށާއި ވެލެޒިނީ ބަންދުން ދޫކޮށް ފަރުވާ ދޭން ޖެހޭ ކަމަށެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވެލެޒިނީ ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، އެ ދީނަށް "ތައުހީނު" ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެ މައްސަލާގައި އޭނާއަށް ގާނޫނީ ގޮތުން ލިބެން ޖެހޭ އެންމެހާ ހައްގުތައް ކަށަވަރުކޮށް، އަދި އޭނާގެ ސިއްހީ ހާލަތަށް ރިޔާޔަތްކޮށް އޭނާއަށް ދޭންޖެހޭ ސިއްހީ ފަރުވާއެއްވާ ނަމަ އެ ފަރުވާއެއް ލިބިދެވޭނެ އިންތިޒާމް އެ އިދާރާއިން ހަމަޖައްސާނެ ކަމުގެ ޔަގީން ކަން ދޭ ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް