އެވިޑުގެ އަތޮޅުތެރޭގެ ތައުލީމުގެ ފެންވަރު ރަނގަޅު ކުރަނީ!

ގދ. ތިނަދޫގައި އިފްތިތާހު ކުރެވުން އެވިޑް ކެމްޕަސް--

އެވިޑު ކޮލެޖުން އަތޮޅުތެރޭގައި ދެމުން ގެންދާ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް މަޝްވަރާތައް ފަށައިފިއެވެ.

ރޭ އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަސްގައި ބޭއްވި ވާކްޝޮޕްގައި، ކެމްޕަސްތަކާއި، އައުޓްރީޗް ސެންޓަރުތަކުގެ ކޯޑިނޭޓަރުންނާއެކު ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ވަނީ މަޝްވަރާތައް ފަށައިފައެވެ.

މިރޭގެ ނިޔަލަށް ކުރިއަށް ގެންދާ ވާކްޝޮޕްގައި އަތޮޅުތެރޭގައި ހިންގާ އެ ކޮލެޖުގެ ކެމްޕަސްތަކާއި، އައިޓްރީޗް ސެންޓަރުތައް ހިންގަން ތިބި ފަރާތަކަށް އެ ކޮލެޖުގެ އެކަޑަމިކް ޕޮލިސީތަކާއި، ފައިނޭންސް ޕޮލިސީތަކާއި، ކޮލެޖުގެ ހިންގާ ގަވާއިދުތަކާއި، އެމްކިއުއޭގެ އުސޫލުތަކާއި ގުޅޭ މައުލޫމާތުތައް ފޯރުކޮށްދެވިގެންދާނެ ކަަމަށްވެސް އެވިޑުން ބުންޏެވެ.

އެވިޑުން ބުނީ އެ ކޮލެޖުގެ އަމާޒަކީ އަތޮޅުތަކުގައި ހިންގަމުންދާ ކެމްޕަސްތަކުގައިވެސް މާލެއެކޭ އެއްފެންވަރެއްގައި ކިޔަވައިދިނުން ކަމަށެވެ. އެހެންކަމުން އެ ކޮލެޖުގެ ކެމްޕަސްތަކާއި، އައުޓްރީޗް ސެންޓަރުތަކުގެ ކޯޑިނޭޓަރުންނަށް ޕްރޮސެސްތަކާއި، ޕޮލިސީތަކާއި، ޕްރޮސީޖާތައް ވަރަށް ރަނގަޅަށް އެ ވޯކްޝޮޕްގައި ކިޔައދިނުމަށް ހަމަޖެހިފަިއވާ ކަަމަށެވެ.

އަދި އަތޮޅުތަކުގައި ހިންގަމުންދާ ކެމްޕަސްތަކުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެވިޑުން ބުންޏެވެ.

އެވިޑް ކޮލެޖުން ޑިޕްލޮމާ ފެންވަރުން ފެށިގެން މާސްޓާސްއާ ހަމައަށް ކޯސްތައް ހިންގަމުންދާއިރު އެ ކޮލެޖުގެ ކެމްޕަސްތައް ގދ. ތިނަދޫ. އައްޑޫ ސިޓީ ހިތަދޫ، ލ. ފޮނަދޫގައި ދަނީ ހިންގަމުންނެވެ. އޭގެ އިތުުރުން އެ ކޮލެޖުގެ އައުޓްރީޗް ސެންޓަރުތައް އަށް ރަށެއްގައި ހުރެއެވެ.

comment ކޮމެންޓް