މައިކްރޯސޮފްޓުގެ ކޯ ފައުންޑަރު ޕޯލް އެލެން މަރުވެއްޖެ

މައިކްރޯސޮފްޓުގެ ކޯ ފައުންޑަރު އެލެން

މައިކްރޯސޮފްޓުގެ ކޯ ފައުންޑަރު ޕޯލް އެލެން މަރުވެއްޖެއެވެ.

އެލެން މަރުވެފައިވަނީ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. މަރުވިއިރު އުމުރަކީ 65 އަހަރެވެ.

އެލެން އަކީ މަކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ ކުޑައިރުގެ ރައްޓެއްސެކެވެ. ދެމީހުން ގުޅިގެން 1975 ވަނަ އަހަރު މައިކްރޯސޮފްޓު ކުންފުނި އުފެއްދިއެވެ. 1983 ވަނަ އަހަރު ކުންފުނީގެ މަސައްކަތްތަކުން އެލެން އެއްފަރާތްވެލީ ކެންސަރަށް ވާރުތަކުރާ ބައްޔަކަށް ފަރުވާ ހޯދުމަށެވެ. އެކަމަކު އޭރުވެސް މައިކްރޯސޮފްޓުގެ ބޯޑު މެންބަރެއްގެ ގޮތުގައި އެލެން އިނެވެ.

އެލެން ލޭގެ ކެންސަރަށް ފަރުވާ ހޯދަން ފަށާފައިވަނީ 2009ވަނަ އަހަރުގެ ތެރޭގައެވެ.

އެލެންގެ މަރާގުޅިގެން ބިލްގޭޓްސް ބުނެފައިވަނީ ގެއްލިގެން އެދިޔައީ އޭނާގެ އެންމެ ގާތް ދުވަސްވީ އެކުވެރިޔާ ކަމަށެވެ. އެލެން އާ ނުލާ މައިކްރޯސޮފްޓަށް އެކުންފުނި މިހާރު އޮތް ހިސާބަށް ނުދެވުނީސް ކަމަށް ބިލްގޭޓްސް ވަނީ ބުނެފައެވެ.

މައިކްރޯ ސޮފްޓަށް އެނަން ދީ، "ޓޫ ބަޓަން މައުސް" އަކީ އެލެންގެ ވިސްނުމެވެ.

މައިކްރޯސޮފްޓާ ގުޅުވައިގެން އެލެންގެ ނަން ނުކިޔާ ބިލްގޭޓްސް އެކުންފުނީގެ މޫނަށް ވެފައިވާތީ އެލެން ވަނީ މީގެ ކުރިން ފާޑުކިޔައިފައެވެ. ނަމަވެސް އެދެމީހުންގެ އެކުވެރިކަން ދެމިއޮތެވެ.

comment ކޮމެންޓް