ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮފީ އިވެންޓު ސެޕްޓެމްބަރު މަހު!

"ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018" އަކީ ދިރާގާއި ކޮފީ ލެބް ރޯސްޓަރސް ގުޅިގެން ބާއްވާ އިވެންޓެއް-- ފޮޓޯ: ދިރާގު

"ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 - އަ ގެދަރިންގ ފޯރ ކޮފީ ލަވަރސް" މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަ ވަނަ ދުވަހު ރަސްރަނި ބަގީޗާގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

"ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018" އަކީ މިހާތަނަށް ރާއްޖޭގައި އާއްމުންނަށް ހުޅުވާލައިގެން ބައްވާ މިކަހަލަ އެއްމެ ބޮޑު ކޮފީ އިވެންޓެވެ. މި އިވެންޓަކީ ދިރާގާއި ކޮފީ ލެބް ރޯސްޓަރސް އިން އިންތިޒާމު ކޮށްގެން ބާއްވާ އިވެންޓެކެވެ.

މި އިވެންޓްގައި ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގެ އިތުރުން ރާއްޖޭގެ ތަފާތު ސްޕެޝަލްޓީ ކެފޭތަކާއި ބައްދަލުވެ އެތަންތަނުގެ ފަރާތުން އާއްމުންނަށް އެސްޕްރެސޯ، މެނުއަލް ބްރޫ، ސިގްނޭޗަރ ބެވަރޭޖް އަދި ކޮފީ ޓޭސްޓިން (ކަޕިންގ) ފަދަ ސްޕެޝިއަލްޓީ ކޮފީގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިގެނދާނެ ކަމަށް ދިރާގުން ބުނެއެވެ.

ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާ ކޮފީ އިވެންޓެކެވެ. އެއްމެ ފުރަތަމަ 2010 ގައި ލަންޑަން ގައި ފެށި މިމުބާރާތް ކޮންމެ އަހަރަކުވެސް ތަފާތު ޤައުމެއްގެ ތަފާތު ސިޓީއެއްގައި ބާއްވާ އިރު މިއަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އޮސްޓްރޭލިއާގެ ސިޑްނީގައެވެ. މި އަހަރު ބާއްވާ މުބާރާތުގައި ތަފާތު 50 ޤައުމެއްގެ ޗެމްޕިއަނުން ވާދަކުރާނެ އެވެ.

"ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018" މިމުބާރާތުން އެއްވަނައަށް ހޮވޭ މީހަކަށް ދީރާގުގެ އެހީގައި ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި ވާދަކުރުމަށް އޮސްޓްރޭލިއާގެ ސިޑްނީ އަށް ދިޔުމުގެ ފުރުސަތު ލިބޭނެއެވެ.

"ރާއްޖޭގައި ވަރަށް ދުވަސްވީ ވަރުގަދަ ކޮފީ ކަލްޗަރ އެއް އޮވޭ. އަޅުގަނޑުގެ އަމާޒަކީ ކޮފީ އިންޑަސްޓްރީގެ ދުނިޔޭގެ ބޮޑެތި ސްޓޭޖް ތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރުން. އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ގިނަ ޒުވާނުން ސްޕެޝަލްޓީ ކޮފީ ދާއިރާއަށް ނުކުމެ ޕެޝަން އާއެކު ޕްރޮފެޝަނަލް ކެރިއަރ އެއްގައި ކުރިޔަށް ދިޔުން" ކޮފީ ލެބް ރޯސްޓަރސް ގެ ސީއީއޯ އަފްރާހު ވިދާޅުވިއެވެ.

7 ސެޕްޓެމްބަރު ގައި މި އިވެންޓް ބޭއްވުމުގެ ކުރިން އޭރޯޕްރެސް އިން ކޮފީހެދުމުގެ ޕަބްލިކް ވޯކްޝޮޕް ތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މި ވޯކްޝޮޕްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ:

  • 19 ޖުލައި – ފެމިލީރޫމް ކެފޭ (ހުޅުމާލެ)
  • 16 އޮގަސްޓް – ފެމިލީރޫމް ކެފޭ (ހުޅުމާލެ)
  • 30 އޮގަސްޓް – ދިރާގު ޕްރިމިއަރ ލައުންޖް (މާލެ)

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނީގެ ހައިސިއްޔަތުން، ދިވެހި ވިޔަފާރި ތަކަށް ދިރާގުން ވަރަށްބޮޑަށް އެހީތެރިކަން ފޯރުކޮށް ދެއެވެ. އަދި ދިވެހި ހުނަރުވެހިން ބާރުވެރިކުރުމަށް ވެސް އެ ކުންފުނިން ގިނަ ގުނަ މަސައްކަތްތަކެއް ކުރެ އެވެ.

comment ކޮމެންޓް