ރެއިންބޯގެ ރަމަޟާން ސޭލްގެ ނަސީބުވެރިން ހޮވައިފި

ރެއިންބޯގެ ރަމަޟާން ސޭލުގެ ނަސީބުވެރިން ހޮވުމަށް މިރޭ ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ރެއިންބޯއިން ކުރިއަށްގެންދާ "ރަމަޟާން ސޭލް"ގެ މި އަހަރުގެ ނަސީބުވެރިން ހޮވައިފި އެވެ.

މިދިޔަ މާޗް މަހުގެ 25 އިން މޭމަހު 26 އަށް ރެއިންބޯގެ ހުރިހާ ފިހާރަތަކަކުން 500 ރުފިޔާގެ ވިޔަފާރިކޮށްގެން ބައިވެރިވެވޭގޮތަށް ހުޅުވާލި ޕްރޮމޯޝަންގައި ގުރުއަތުލައިގެން ތިން ފަރާތަކަށް ވަނީ 50،000 ރުފިޔާގެ ކިޗަން ސެޓެއް ލިބިފައެވެ.

މިރޭ ރެއިންބޯ ލިވިންގް މޯލްގައި ބޭއްވި ހަފްލާއެއްގައި ގުރުއަތުން ހޮވުނު ނަސީބުވެރިންގެ ނަންތައް ވަނީ އިއުލާންކޮށްފައެވެ.

ކިޗަން ސެޓް ހާސިލް ކުރި ނަސީބުވެރިން

  • އައިޝަތު ނާލާ ( ކޫޕަން ނަންބަރު: 52414)
  • ނާސިހާ ( ކޫޕަން ނަންބަރު: 32178)
  • އަހުމަދު ސާޖިދު ( ކޫޕަން ނަންބަރު: 27753)

ރެއިންބޯއިން ދަނީ ކޮންމެ ހަފުތާއަކުވެސް، އެ ކުންފުނީގެ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް ހުޅުވާލައިގެން ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކޮންމެ ހަފުތާއަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް ޝެލްބީންސް އިން 10 މީހަކަށް ރޯދަ ވީއްލުމުގެ ފުރުސަތު ރެއިންބޯއިން ދަނީ ދެމުންނެވެ.

comment ކޮމެންޓް