އިސްލާމިކް ބޭންކުން މި މަހުގެ ނުވަ ވަނަ ދުވަހު ތައާރަފްކުރި އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަން "ފައިސާ މޯބައިލް" މެދުވެރިކޮށް މިއަހަރުގެ ފިތުރު ޒަކާތް ދެއްކޭނެގޮތް ހަމަޖައްސައިފިއެވެ.
އިސްލާމިކް ބޭންކުން ބުނީ، އެންޑްރޮއިޑް އަދި އައިއޯއެސްގެ ފޯނުގައިވެސް އެ އެޕްލިކޭޝަން މަސައްކަތް ކުރާނެ ކަމަށާއި އެ އެޕްލިކޭޝަން މެދުވެރިކޮށް އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތްދެއްކުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.
އެޕްލިކޭޝަން މެދުވެރިކޮށް ތިމާއާ އެހެން މީހުންގެ ޒަކާތްވެސް ދެއްކޭނެކަމަށް އިސްލާމިކް ބޭންކުން ބުންޏެވެ. އަދި ޒަކާތް ދެއްކުމަށްފަހުގައި ދެއްކިކަމުގެ ރިސިޕްޓް ލިބިގެންދާނެކަމަށްވެސް އެ ބޭންކުން ބުންޏެވެ.
މި އަހަރުގެ ފިތުރު ޒަކާތް ދެއްކުމުގެ ޚިދުމަތް އިސްލާމިކް ބޭންކުގެ މޯބައިލް އެޕްލިކޭޝަންގެ އިތުރުން އިސްލާމިކް ބޭންކްގެ އިންޓަނެޓް ބޭންކިން "ފައިސާ ނެޓް" އާއި އިސްލާމިކް ބޭންކުގެ މެއިން ބްރާންޗުންވެސް ލިބޭނެކަމަށް އެ ބޭންކުން ބުންޏެވެ.