ރޯދަމަހު ދާރުލް އާސާރާއި އުތީމު ގަނޑުވަރު ހުޅުވިފައި ހުންނަ ގަޑިއަށް ބަދަލު ގެނެސްފި

ގައުމީ ދާރުލް އާސާރު-- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް ރޯދަމަހު ދާރުލް އާސާރާއި ހއ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރު ހުޅުވިފައި ހުންނަ ގަޑިއަށް ބަދަލުގެނެސްފިއެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުން މިއަދު ނެރުނު ބަަޔާނުގައި ބުނީ ކުރިއަށް އޮތް ރޯދަމަހު ދާރުލް އާސާރާއި އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10:15 އިން މެންދުރު ފަހު 03:30ށް ކަމަށެވެ.

ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަސް ނިމެންދެން، ހޮނިހިރު ދުވަހު ޤަޢުމީ ދާރުލްއާސާރާއި އުތީމު ގަނޑުވަރު ނުހުޅުވާނެ ކަމަށް ވެސް ހެރިޓޭޖް ޑީޕާޓްމަންޓުން ބުންނެވެ.

އެހެން ނަމަވެސް ޝައްވާލް މަހުގެ 7ގެ ފަހުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގައި ޤަޢުމީ ދާރުލްއާސާރާއި އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނެ ކަމަށް ހެރިޓޭޖް ޑިޕާޓްމަންޓުން ބުންޏެވެ.

comment ކޮމެންޓް