ދަރިންނާއި އަނބިމީހާގެ މައްޗަށް ހޭދަކުރުމުގެ މާތްކަން

އިސްލާމްދީނުގައި ފިރިމީހާ ތިމާގެ އަނބިމީހާ އާއި ދަރިންގެ މައްޗަށް ޚަރަދު ކުރުން ވާޖިބު ކުރައްވާފައިވެއެވެ. ތިމާގެ ދަރިން ފުރާފުރިހަމަވެ ތަޢްލީމީ މަރުޙަލާ ފުރިހަމަ ކުރަންދެން ހޭދާ ކުރުން ވަޖިބު ކުރައްވާފައިވެއެވެ. ފިރިމީހާގެ އޭނާގެ ޢާއިލާގެ މައްޗަށް ހޭދަކުރުމަކީ ޢާއިލީ ގުޅުން ވަރުގަދަވެގެން ދާކަމެކެވެ. ޢާއިލާއަށް ލިބިގެންދާ ރައްކާތެރިކަމެކެވެ. ޢާއިލާގެ އުފެއްދުންތެރިކަމާއި، ފުދުންތެރިކަން އިތުރުވެގެންދާކަމެކެވެ.

މިހުރީހާ ތަކުލީފުތަކެއް އުފުލަން ޖެހޭމީހަކީ، ފިރިހެން މީހާކަމަށްވުމުން މާތް ﷲ ގެ އެހީތެރިކަމާއި، އެކަލާނގެ ބާރުވެރިކަން ވަނީ މަދަދު އޭނާއާއި އެކުގައިވެއެވެ. އަނބިމީހާގެ މައްޗަށް ހޭދަކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބެއްކަން ބަޔާންކުރައްވާ ފައިވެއެވެ.

ތިމާގެ އަނބިމީހާގެ މައްޗަށް ހޭދަކުރާކުރުމުގެ ޘަވާބުގެ މަތިވެރިކަން ކީރިތިރަސޫލާ ވަނީ ބަޔާން ކުރައްވާފައެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެ އެވެ. މާނައަކީ: " މާތް ﷲ ގެ ވަޖުފުޅުއަދައިގެން ތިބާ ހޭދާކުރާކުރުމަކީ ތިމާގެ އަނބިމީހާގެ އަނގަޔަށްލާ ސުވަލެއްކަމުގައިވާނަމަވެސް އެކަމުން ވެސް މާތް ﷲ ތިބާއަށް ހެޔޮކަމެއް ދެއްވާނެއެވެ. އަދި ދަރިންގެ މައްޗަށް ހޭދަކުރުން ވާޖިބު ކުރައްވައި ވެއެވެ.

ހޭދާކުރާމީހާއަކީ ބަފައެއް ނުތަވަ ފިރިއެއްކަމުގައި ވިޔަސް އޭނާއަށް ޞަދަޤާތުގެ ފުރިހަމަ ޘަވާބު ލިބިގެން ދާނެއެވެ. އޭނާ ބޭނުން ޖެހިފައިވަ ބަޔަކަށް ޞަދަޤާތް ކުރިފަދައެވެ. މިކަން ވަރަށް ސާފުކޮށް ނަފަޤާތް ދިނުމުގައި އިސްކަންދޭންވީ މީހުން ބަޔާން ކުރައްވާފައިވާ ބަސްފުޅުތަކުން އެނގެއެވެ. އެންމެ މާތްދީނާރަކީ ، ނުވަތަ ފައިސާއަކީ މީހާ އޭނާގެ އަނބިމީހާއަށް ހޭދަކުރާކުރާ ފައިސާއެވެ. ނުވަތަ ދީނާރެވެ. އިމާމު މުސްލިމު އަބީ ހުރައިރާގެ އަރިހުން ރިވާ ކުރައްވާފައިވެއެވެ. ކީރިތިރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. މާނައަކީ:" މާތް ﷲ ގެ މަގުގައި ހޭދަ ކުރި ދީނާރަކާއި ، އަދި އަޅަކަށްޓަކައި ހޭދަކުރި ދީނާރާއި، އަދި މިސްކީނަކަށްޓަކައި ހޭދަކުރި ދީނާރުގެ ތެރެއިން އެންމެ ހެޔޮަކަން ބޮޑީ ތިމާގެ އަހުލުވެރިންނަށްޓަކައި ހޭދާކުރާ ދީނާރެވެ. " އަދިވެސް ކީރިތިރަސޫލާ ޙަދީޘް ކުރައްވާފައިވެެއެވެ. މީހާ ހޭދަކުރާ އެންމެ ހެޔޮދީނާރަކީ އޭނާގެ އަހުލުވެރިންނަށްޓަކައި ހޭދަކުރާ ދިނާރެވެ. "

މީހުންގެ ކިބައިން ތަކެއްޗަށް އެދި ދިތްކުރާއަތަށްވުރެ، މީސްތަކުންގެ މައްޗަށް ހޭދަކުރާ އަތުގެ މަތިވެރިކަން ބޮޑުވެގެންވެއެވެ. ކީރިތިރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. " ތިރީގައި އޮންނަ އަތަށްވުރެ މަތީގައި އޮންނަ އަތުގެ ހެޔޮކަން ބޮޑުވެގެންވެއެވެ. ތިބާ ނަފަޤާތް ދޭންޖެހޭމިހުންގެ ކިބައިން ފައްޓާށެވެ. މަންމައަށެވެ. ބައްޕައަށެވެ. ދައްްތައިންނަށެވެ. އަޚުންނަށެވެ. އެއަށްވުރެ ތިރިއަށެވެ. އެއަށްވުރެ ތިރިއަށެވެ." އެއްދުވަހަކު ކީރިތިރަސޫލާ އެކަލޭގެފާނުގެ ޞަޙާބީންނަށް ޙަދީޘް ކުރެއްވިއެވެ. ޞަދަޤާތް ދެއްވާށެވެ. އެހިނދު މީހަކު ތެދުވެ ދެންނެވިއެވެ. މާތް ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުގެ އަތުގައި ދީނާރެއް އެބައޮތެވެ. ޙަދީޘް ކުރެއްވިއެވެ. ތިބާގެ ނަފުސުގެ މައްޗަށް ހޭދަކުރާށެވެ. އެމީހާ ދެންނެވިއެވެ. ތިމަންނާގެ އަތުގައި އިތުރު ދީނާރެއް އެބައޮތެވެ. ޙަދީޘް ކުރެއްވިއެވެ. ތިބާގެ އަނބިމީހާގެ މައްޗަށް ހޭދަކުރާށެވެ."

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު