ގްލޯރިއާ ޖިންސް ހުޅުވައި އެހެން ފުޑް ޗެއިންތަކަށް ފުރަތަމަރޭވެސް ނަމޫނާ ދައްކައިފި

މިރޭ ރަސްފަންނު ޕެވިލިއަންގައި ހުޅުވި ދުނިޔޭގެ މަޝްހޫރު އޮސްޓްރޭލިއާގެ ފްރޭންޗައިޒެއް ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީ" -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ގްލޯރިއާ ޖީންސް ކޮފީ" އިން ރާއްޖޭގެ ތިން އެންޖީއޯއަކަށް އެހީވުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފުރަތަމަ ރޭވެސް އެހެން ފުޑް ޗެއިންތަކަށް ނަމޫނާ ދައްކައިފިއެވެ.

ރަސްފަންނު ޕެވިލިއަންގައި ރޭ ހުޅުވި ދުނިޔޭގެ މަޝްހޫރު އޮސްޓްރޭލިއާގެ ފްރޭންޗައިޒެއް ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީ" އިން އެންޑޯޒްކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ބިއުޓިފުލް އައިސް ޑައުންސިންޑްރަމް އެސޯސިއޭޝަން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އަދި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ އާއެކުގައެވެ.

"ގްލޯރިއާ ޖީންސް ކޮފީ" އިން ރާއްޖޭގެ ތިން އެންޖީއޯއަކަށް އެހީވުމަށް އެއްބަސްވުމެއްގައި ސޮއި ސޮއިކުރުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޯޓިޒަމް އެސޯސިއޭޝަނަށްގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސައިން ވިދާޅުވީ، ބައިނަލްއަގުވާމީ އޯޓިޒަމް ދުވަހާ ދިމާކޮށް ގްލޯރިއާ ޖިންސް ހުޅުވުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި އެތަން ހުޅުވައި ފުރަތަމަ މަރުހަލާގައިވެސް ތިން އެންޖީއޯއެއް އެންޑޯޒް ކޮށް އެހީތެރިކަން ފޯރުކޮށްދޭން ނިންމި ކަމަށްޓަކައި ގްލޯރިއާޖިންސްގެ މެނޭޖްމަންޓައް ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގްލޯރިއާ ޖިންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޯޓިޒަމް އެސޯސިއޭޝަނަށްގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސައިން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ގްލޯރިއާ ޖިންސް ކޮފީއިން އޯޓިޒަމް ޗެންޓަރުގެ ކުދިންނަށް ދެމުންއަންނަ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ނިންމައި އޯޓިޒަމް ހުންނަ ކުދިންނަށް އެކުދިންގެ އާއިލާތަކަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް. ގްލޯރިއާ ޖިންސް ނަމޫނާއަކަށްބަލައި އެހެން ފުޑް ޗެއިންތަކުންނާއި ވިޔަފާރި ކުންފުނިތަކުން އޯޓިޒަމް ހުންނަ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވެދިނުމަށް އިލްތިމާސް ކުރަން،" އިފްހާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޯޓިޒަމް ދުވަހާ ދިމާކޮށް ގްލޯރިއާ ޖިންސް ހުޅުވުމުން ދޭހަވަނީ ގައުމުގެ ވިޔަފާރިވެރިންނާއި، ގައުމުގެ ތަރައްގީއަށް ކުރާ ކަންކަމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާމެދު ލޯހުޅުވިފައި ހުންނަ މިންވަރު ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އޯޓިޒަމްއަށް މީހުން ހޭލުންތެރިކުރުމަށް ކުރާ މަސައްކަތުގައި ހުރިހާ ފަރާތެއްގެ ބައިވެރިވުން ބޭނުންވާކަމަށްވެސް އިފްހާމް ވިދާޅުވިއެވެ.

comment ކޮމެންޓް