އިންޓަ އޮފީސް ބިލިއާޑް މުބާރާތް ފަށައިފި

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ތެރެއިން ---

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތް ފަށައިފިއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ވަނީ އެ މުބާރާތުގެ 15 މެޗެއް ކުޅެފައެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދަނީ ސިންގަލްސް އިވެންޓެވެ.

އެ މުބާރާތުގެ ސިންގަލްސް އިވެންޓުގެ ފުރަތަމަ ދެ ބުރުގެ މެޗުތައް ކާމިޔާބުކުރާ ކުޅުންތެރިން ވާދަކުރަން ޖެހޭނީ ތިންވަނަ ބުރުގައެވެ. އެ ބުރުގެ މެޗުތައް ކާމިޔާބުކުރާ ކުޅުންތެރިންނަށް ކުއާޓާ ފައިނަލުގެ ޖާގަތައް ލިބިގެންދާނެއެވެ. ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކުރާ ދެ ކުޅުންތެރިން ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދިހަވަނަ ދުވަހުއެވެ.

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް:
  • ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ).
  • ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ).
  • މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް).
  • ކަސްޓަމްސް ރެކްރިއޭޝަން ކްލަބު (ސީއާރްސީ).
  • މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް).
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ).
  • މޯލްޑިވްސް ޓްރާންސްޕާޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ).
  • ދަ ޕްރެޒިޑެންޓްސް އޮފީސް (ޕީއޯ).
  • އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް.
  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް).
  • ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ).
  • ވިލާ އެއާ / ޓީއެމްއޭ.
comment ކޮމެންޓް