އަނގައިގެ ބަލިތަކަށް ފަރުވާދިނުމަށް ދެން ބޭނުންކުރާނީ ނެނޯ ޓެކްނޮލަޖީ

އަނގައިގެ ބަލިތަކަށް ފަރުވާދީ، އޮޕަރޭޝަންތައް ކުރުމުގައި ނެނޯ ޓެކްނޮލަޖީ ބޭނުން ކުރުމުން ތަދު އިހުސާސްވާ މިންވަރު ކުޑަވާ ކަމަށާއި އޮޕަރޭޝަން ކުރުމަށް ފަހު، އެތަން (އޮޕަރޭޝަން ކުރާތަން) ފަސޭހަވާން ނަގާ މުއްދަތު ވެސް އަވަސްކަމަށް އެމެރިކަން ކެމިކަލް ސޮސައިޓީ އިން ކުރި ޕްރީ - ކްލިނިކަލް ސްޓަޑީ އަކުން ދައްކައިފި އެވެ.

މިއާއެކު އަނގައިގެ ބަލިތަކަށް ފަރުވާދީ، ދަތުގެ ފަރުވާއަށާއި އޮޕަރޭޝަންތަކަށް ދެން ބޭނުންކުރާނީ ނެނޯ ޓެކްނޮލަޖީ އެވެ.

އެމެރިކާގައި އަހަރަކު އެވްރެޖްކޮށް ފަސް މިލިއަނަށް ވުރެ ގިނަ މީހުން އަނގައިގެ ބަލިތަކަށް ފަރުވާ ހޯދަ އެވެ. ގިނަ ހާލަތްތަކުގައި ބޭސް ދީގެން ރަނގަޅު ވާވަރަށް ވުރެ މައްސަލަ ސީރިއަސް ކަމުން ޖެހެނީ އޮޕަރޭޝަނަކަށް ދާށެވެ. ނެނޯ ޓެކްނޮލަޖީ އާ އެކު ދަތް ނަގާއިރު ތަދު އިހުސާސްވާމިންވަރު ކުޑަވާނެ އެވެ. މީގެ އިތުރުން ދަތްތައް އެއްވަރު ކުރަން ނަރުގަނޑު އަޅުވަން އެ ކުރާ މަސައްކަތަށް ވެސް ފަސޭހަތައް ލިބޭނެ އެވެ.

ނެނޯޓެކްނޮލަޖީގެ އެހީގައި މިފަދަ އޮޕަރޭޝަންތައްކޮށް ފަރުވާ ދިނުމަށް ފެށުމުގެ ކުރިން އެކަން ޓެސްޓު ކުރުމުގެ މަަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ދަތުގެ ފަރުވާ އަށް ނެނޯ ޓެކްނޮލަޖީ ބޭނުންކުރަން ފެށުމާ ގުޅޭ ކަރުދާހެއް ވޯލްޑް ޑެންޓަލް ކޮންގްރެސް އަށް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ. އާޖެންޓީނާގައި ބާއްވާ މި ކޮންގްރެސްގެ ތެރޭގައި ދިރާސާތަކާއި މަޝްވަރާތައް މިކަމާ ގުޅޭ ގޮތުން ކުރާނެ އެވެ.

comment ކޮމެންޓް