ރީއްޗަށް ހިނިތުން ވެލައިގެން، ހިލޭ ދަތްތައް ސާފުކޮށްލުމުގެ ފުރުސަތު!

"ނޭޝަނަލް ޑެންޓިސްޓްސް ޑޭ"އާއި "ވޯލްޑް އޯރަލް ހެލްތު ޑޭ"އާ ގުޅުވައިގެން މާސްޓަރ ޑެންޓަލް ކެއަރ ސެންޓަރުން ވަނީ "ސްމައިލް ކެމްޕޭން"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ފަށާފައި-- ޕިކްސާބޭ ފޮޓޯ: ނަސްތުޔާ

މާދަމާ (20 މާޗް 2018) އަކީ "ވޯލްޑް އޯރަލް ހެލްތު ޑޭ" އެވެ. މީގެ އިތުރުން ކޮންމެ އަހަރެއްގެ ވެސް މާރޗް މަހުގެ ހަވަނަ ދުވަސް ފާހަގަކުރަނީ "ނޭޝަނަލް ޑެންޓިސްޓްސް ޑޭ"ގެ ގޮތުގައެވެ.

މި ދުވަސްތައް ފާހަގަކުރަނީ، އަނގައިގެ ސިއްހީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރި ކުރުވުމާއި، ދަތާއި އަނގައިގެ ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި އަވަދި ނެތި މަސައްކަތްކުރާ ފަރާތްތަކަށް، އެބައިމީހުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިނިތުންވުމާއެކު ތައުރީފުކުރުމަށެވެ.

މިއަހަރުގެ ނޭޝަނަލް ޑެންޓިސްޓްސް ދުވަސް މިވަނީ ގޮސްފައެވެ. ނަމަވެސް އަދިވެސް އެ ދުވަހާ ގުޅުވައިގެން ބައެއް ހަރަކާތްތައް ކުރިއަށް އެބަ ގެންދެއެވެ. އެގޮތުން މާސްޓަރ ޑެންޓަލް ކެއަރ ކްލިނިކުން ވަނީ މާޗް 6 އިން ފެށިގެން އޭޕްރީލް 5 އާ ހަމައަށް، "ސްމައިލްކެމްޕޭން"ގެ ނަމުގައި ޚާއްސަ މީސް މީޑިއާ ކެމްޕޭނެއް ފަށައިފައެވެ.

ސްމައިލް ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާ، ފޮޓޯ ޕޯސްޓުކުރުމުގެ މުބާރާތުން އެއްވަނައަށް ދާ ތިން ފަރާތަކަށް، ދަތް ސާފުކުރުމާއި އޯރަލް ހެލްތު ޕެކެއް ދިނުމަށް މާސްޓަރ ޑެންޓަލް ކެއަރ ސެންޓަރުން ވަނީ ނިންމައިފައެވެ.

"އަޅުގަނޑުމެން ތިން ފޮޓޯއެއް ސިލެކްޓް ކުރާނަން. އެއީ އެންމެ ގިނަ ލައިކްސް ލިބޭ ތިން ފޮޓޯ. އެ ތިން ފޮޓޯ ހުށަހަޅާ ފަރާތްތަކަށް ޑެންޓަލް ސްކޭލިން އަދި އޯރަލް ހެލްތު ކެއަރ ޕެކެއް މި ކްލިނިކުން ދޭނަން،" މާސްޓަރ ޑެންޓަލް ކެއަރ ސެންޓަރުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ވަނަތަކަށް ހޮވޭ ފަރާތްތައް އިއުލާނުކުރުން އޮންނާނީ، އޭޕްރިލް 6 ވަނަ ދުވަހު، ރަސްރަނި ބަގީޗާގައި ކުރިއަށް ގެންދާ "އޯރަލް ހައިޖީން އެވެއަރނެސް ސެޝަން"ގައި ކަމަށެވެ.

ސްމައިލް ކެމްޕޭނުގައި ބައިވެރިވާން ހަދަން ޖެހޭ ގޮތަކީ، ދަތްޕިލާ ފެންނަ ގޮތަށް، ހިނިތުންވެލާފައި ފޮޓޯއެއް ނެގުމަށް ފަހު، އިންސްޓަރގްރާމް ނުވަތަ ފޭސްބުކްގައި masterdentalcare# ހޭޝްޓެގް ޖަހާފައި ޕޯސްޓްކޮށްލަންވީއެވެ.

comment ކޮމެންޓް