ފިރިހެން ޗެމްޕިއަންކަން އެންޕީއެލްއަށް އަންހެން ޗެމްޕިއަންކަން އިމިގްރޭޝަންސްއަށް

އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އެމްޕީއެލް --- ފޮޓޯ/ ހޭންޑްބޯލް އެސޯސިއޭޝަން

ތިންވަނަ އިންޓާ އޮފީސް ހޭންޑްބޯލް މުބާރާތް ކާމިޔާބުކާމާއެކު ރޭ ނިންމާލައިފިއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގައި ހަތަރު ޓީމަކުން މިފަހަރު ބައިވެރިވެފައިވާއިރު، އަންހެން ޑިވިޝަންގައި ހަތް ޓީމު ވާދަކޮށްފައިވެއެވެ.

އަންހެން ޑިވިޝަންގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، ފައިނަލްގައި ވާދަކުރީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި އިމިގްރޭޝަންސް އެވެ. އިމިގްރޭޝަންސްއިން މެޗު ކާމިޔާބުކުރީ 21 ގޯލް 17 ގޯލުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިމިގްރޭޝަންސްގެ ޖާޒީ ނަންބަރު 16 އައިޝަތު ރީމާއެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ މޮޅު ހަތް ކުޅުންތެރިން:

1- ޒުލޭހާ އިބުރާހީމް - އައިޖީއެމްއެޗް

2- އައިމިނަތު ނަޒުރާ - ކަސްޓަމްސް

3- ނަޝްފާ އާމިރު - އިމިގްރޭޝަންސް

4- އައިޝަތު ރީމާ - އިމިގްރޭޝަންސް

5- އައިޝަތު ނާޒިމާ - ކަސްޓަމްސް

6- ދީމާ މުހައްމަދު - އެމްޕީއެލް

7- މަރިޔަމް ސައީދާ (ގޯލް ކީޕަރު) - އައިޖީއެމްއެޗް

ރޭ ކުޅުނު މުބާރާތުގެ ފިރިހެން ފައިނަލް މެޗުގައި ވާދަކުރީ އެމްޕީއެލްއާއި މޯލްޑިވްސް ގޭހެވެ. ފައިނަލް މެޗު 35 ގޯލް، 15 ގޯލުން ކާމިޔާބުކުރީ މޯލްޑިވްސް ގޭހެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ގޯލް ކީޕަރު އަހުމަދު އަޒްމީލެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ މޮޅު ހަތް ކުޅުންތެރިން:

1- އިބްރާހީމް ފަޒީން - މޯލްޑިވްސް ގޭސް

2- ހުސައިން ހަލީމް - އެމްޕީއެލް

3- މުހައްމަދު ފިރުނާޝް - އެމްޕީއެލް

4- މުހައްމަދު އަލީ ނިޒާރު - މޯލްޑިވްސް ގޭސް

5- އަބްދުﷲ ޒިޔާއު - އެމްޕީއެލް

6- އަހުމަދު ފިރާޝް - އެމްޕީއެލް

7- އަހުމަދު އަޒްމީލް (ގޯލް ކީޕަރު) - އެމްޕީއެލް

ރޭ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ޓްރޮފީއާއި މެޑަލް ދީފައިވާއިރު، މުބާރާތުގެ އެކި މަގާމުތަކަށް ޓްރޮފީއާއި ހަނދާނީލިއުންވަނީ ދީފައެވެ.

comment ކޮމެންޓް