ހާލަތު ތަން ނުދޭތީ އިންޓަ އޮފީސް ހޭންޑް ބޯޅަ މުބާރާތް ފަސްކޮށްފި

އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ ތެރެއިން --- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވުމާ ގުޅިގެން، މާދަމާ ފެށުމަށް ތާވަލުކޮށްފައިވާ އިންޓަ އޮފީސް ހޭންޑްބޯޅަ މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

ހޭންޑްބޯލް މޯލްޑިވްސްއިން ބުނެފައިވަނީ މި މުބާރާތުގައި ކުޅެނީ ދައުލަތުގެ އެކި އެކި މުއައްސަސާތަކާއި އޮފީސްތައް ކަމަށްވުމާއެކު މި ދުވަސްކޮޅު މުބާރާތް ކުރިއަށް ގެންދަން ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.

މުބާރާތް އަލުން ބާއްވާނެ ވަކި ތާރީހެއް އިއުލާންކޮށްފައި ނުވި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ޓީމުތަކުގެ މެދުގައި މަޝްވަރާކޮށް އަނެއްކާވެސް މުބާރާތް ބާއްވާނެ ތާރީހެއް އިއުލާން ކުރާނެ ކަމަށްވެސް ހޭންޑް ބޯލް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މިއަހަރުގެ އިންޓަ އޮފީސް ހޭންޑް ބޯލް މުބާރާތުގައި ފިރިހެން ހަތަރު ޓީމު އަދި އަންހެން ހަތް ޓީމު ވާދަކުރާނެއެވެ.

comment ކޮމެންޓް