6 އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ފިލްމް އެވޯޑްސް މިމަހު ދެނީ

މިދިޔަ އަހަރު ބޭއްވި އިލްޝާ މޯލްޑިވްސް ފިލްމް އެވޯޑްސް ހަފްލާގެ ތެރެއިން: ހަ އަހަރަށް ފަހު މިމަހު ގައުމީ ފިލްމް އެވޯޑްސް ދޭނެ ---- ސަން ފައިލް ފޮޓޯ

ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު "ގައުމީ ފިލްމް އެވޯޑްސް" އަނެއްކާ ވެސް ބާއްވަން ނެޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ނިންމައިފި އެވެ.

ނެޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ބުނީ އެ އެވޯޑަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފަންނުވެރީންނަށް ހިތްވަރުދީ އެމީހުންގެ މަސައްކަތުގެ އަގު ވަޒަންކޮށް އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގްސަދުގައި ދެމުން އަންނަ އެވޯޑެއް ކަމަށެވެ.

އެގޮތުން 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ނެރެފައިވާ ފިލްމުތަކަށް އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ މިމަހު 22 ވަނަ ދުވަހުގެރޭ އޮލިމްޕަހުގައި ބާއްވާ ހަފްލާއެއްގަ އެވެ.

އެވޯޑަށް ނޮމިނޭޓްވާ ފަރާތްތައް އިއުލާންކުރުން އޮންނާނީ މިމަހު 17 ވަނަ ދުވަހުގެ ރޭ ކަމަށް އެ ސެންޓަރުން މައުލޫމާތުދެ އެވެ.

comment ކޮމެންޓް