މިނިވަން 50 ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ބީޖީ ހޯދައިފި

މިއަހަރުގެ ބައިބަލާ މުބާރާތުގެ މެޗެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ޢަލީ ނަޞީރު

މިނިވަން 50 ބައިބަލާ މުބާރާތުގެ ފައިނަލްގައި ކުޑަ ހެންވޭރު ޔުނައިޓަޑްގެ މައްޗަށް ކުރި ހޯދައި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ބީޖީ ސްޕޯޓްސް ކުލަބު ހޯދައިފިއެވެ.

ރޭ ފައިނަލަށް ބީޖީ ނުކުތީ ފިތުރު އީދާ ގުޅިގެން މިދިޔަ މަހު ބޭއްވި ބައިބަލާ މުބާރަތުގެ ގަދަ 16 އިން ކުޑަ ހެންވޭރު ޔުނައިޓަޑް އަތުން ބަލިވެ މުބާރާތުން ކެޓުމުން އެކަމުގެ ބަދަލު ހިފުމަށެވެ.

ރޭ ގެ މެޗުން މޮޅުވުމުން މިއީ ބީޖީން ކާމިޔާބު ކުރި 11 ވަނަ މުބާރާތެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން ބީޖީއަށްވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.

ޗެމްޕިއަން ޓީމަށް ޓްރޮފީއާ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ނައިބުރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރެވެ.

comment ކޮމެންޓް