ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ނެތް ކަމަށް މޫސާ މަނިކު ވިދާޅުވެއްޖެ

ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު--- ފައިލް ފޮޓޯ

މިހާރު ރާއްޖޭގައި އެއްވެސް އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތް ކަމަށާއި ސަރުކާރުން ކަންތައް ކުރާނީ ސަރުކާރަށް ފެންނަ ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.


ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ އިދިކޮޅު ޕާޓީގެ ނަމުގައި މެމްބަރުން ވާހަކަ ދެއްކި ކަމުގައިވި ނަމަވެސް ސަރުކާރުން ފެންނަ ގޮތަކަށް މަސައްކަތް ކުރާ އިރު ޕާޓީތަކުން މަސައްކަތް ކުރަނީ އެއް ފަރާތަކަށް ކަމަށެވެ.

"މިއަދު އިދިކޮޅު ޕާޓީއެއް ނެތް. ގާނޫނު އަސާސީ ދެ ފަރާތަށް އިރާލަންވީމާ ދެބައި މީހުން އެއްވެފައި އެކަން ކޮށްލަނީ. ކޮންމެހެން ވާހަކަ ދައްކާއިރު އަޅުގަނޑުމެން [އެމްޑީޕީ މެމްބަރުން] އިދިކޮޅޭ ކިޔައިގެން އުޅޭނެ ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުގެ ނަމުގައި ކިޔައި އެޕާޓީތަކުން ވެސް މަސައްކަތް ކުރަނީ ސަރުކާރާ އެއްބަޔަކަށް ކަމަށާއި މިހާރު ކަންތައްތައް ވަނީ "ކާލާ މަންނަ ޖެހީމާ" ކަންތައްވާ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބަހުސްގެ މައުލޫއާ މެދު ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ ފަސޭހަ އިން ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް ސަރުކާރުން ހުށަހަޅައިގެން ގާނޫނު އަސާސީ އަށް އިސްލާހެއް ގެނައީ ރައީސް ޔާމީންގެ ކުޅަދާނަކަމުން އެކަން ކުރެވޭ ފަދަ މާހައުލެއް ގާއިމުކުރައްވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

.

ގުޅޭ ޓެގު
comment ކޮމެންޓް