އާންމު އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ރާޖަޕަކަސައަށް ދިނުމަށް އޭނާގެ ޕާޓީން ނިންމައިފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ -- ފޮޓޯ: އޭޝިއަންޓްރިބިއުން

ސްރީ ލަންކާގައި އަންނަ މަހު 17ގައި ބާއްވާ އާންމު އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ދިނުމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އިން ނިންމަައިފިއެވެ.

ޔޫޕީއެފްގެ ފަރާތުން މިއަދު ދިން ބަޔާނެއްގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ސުސިލް ޕްރެމްޖަޔަންތާ ވިދާޅުވީ، އޯގަސްޓް 17 ގައި ބާއްވާ އާންމު އިންތިޚާބުގައި ޔޫޕީއެފްއޭގެ ފަރާތުން ވާދަކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއަށް ދެއްވުމަށް އެޕާޓީގެ މިހާރުގެ ލީޑަރު އަދި ލަންކާގެ ރައީސް ކަމަށް ރާޖަޕަކްސަ ބަލިކުރެއްވުމަށް ފަހު މިދިޔަ އަހަރު ވަޑައިގެންނެވި ރައީސް މައިތްރިޕާލަ ސިރިސޭނާ ނިންމަވާފައިވާ ކަމަށެވެ.

ސުސިލް ވިދާޅުވީ، ރާޖަޕަކްސައަށް ނޮމިނޭޝަން ދިނުމަށް އެއްބަސްވުމަކަށް އައީ، ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ލީޑަރުންގެ ބައްދަލުވުމުގައި ކަމަށެވެ.

ޔޫޕީއެފްގެ އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ ޗެއާމަން އަދި ޔޫޕީއެފްއޭގެ ލީޑަރު ރައީސް ސިރިސޭނާ އެވެ.

މިދިޔަ އަންގާރަ ދުވަހު، ރައީސް ސިރިސޭނާ ވިދާޅުވެފައި ވަނީ، ކުރީގެ ރައީސް ރާޖަޕަކްސައަށް އެސްއެލްޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެގައުމުގެ ބޮޑުވަޒީރުކަމަށް އައުމުގެ ފުރުސަތު ނުދެއްވާނޭ ކަމަށާއި، އަދި އެކަމުގައި ގޮތެއް ނިންމަވާނީ، އަންނަ މަހު ބާއްވާ އާންމު އިންތިޚާބަށްފަހު ޕާލަމެންޓަށް ހޮވިވަޑައިގަންނަވާ ބޭފުޅުންގެ މަޝްވަރާގެ މަތިން ކަމަށެވެ.

comment ކޮމެންޓް