މައްޗަންގޯޅި ސަހަރާގެ ބައެއް ނެގުމަށް ފަހު އެސަރަހައްދުގައި ޕާކިން ޒޯނެއް ހަދައިފި

މައްޗަން ގޯޅި ސަހަރާ ކައިރީގައި ހަދާފައިވާ ޕާކިން ޒޯން: ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

މައްޗަން ގޯޅިގައި ދިރިއުޅޭ ރައްޔިތުންގެ އެދުމުގެ މަތީން މައްޗަށް ގޯލި ސަހަރާގެ ބައެއް ނެގުމަށް ފަހު އެތާ ކައިރީގައި ޕާކިން ޒޯނެއް ހަދައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން "ސަން" އަށް ވިދާޅުވެފައި ވަނީ މައްޗަށްގޯޅި ސަހަރާ ކޮންނަމުން ދަނީ އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހަދައި އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދު ކުރުމަށް އެ ހިސާބުގެ ރައްޔިތުން އެދެމުންދާ ކަމަށެވެ.

ޕާކިން ޒޯން ހެދުމުގެ ގޮތުން މައްޗަން ގޯޅި ސަހަރާގެ ފާރު ތަޅާލާ އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަސް ތެރޭގައި އެވެ. މިނިސްޓަރު މުއިއްޒު ވިދާޅުވީ އެގޮތަށް އެކަން ކުރެއްވީ އެ ސަހަރައްދުގެ ރައްޔިތުންގެ އެދުމުގެ މަތީން ކަމަށެވެ.

މައްޗަން ގޯޅި ސަހަރާ ކައިރީގައި ހަދާފައިވާ ޕާކިން ޒޯން: ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

"ދެން އެ ގޯޅިތަކުގެ ރައްޔިތުން ހަމަ އެދޭ ކަމެއް އެ ސަރަހައްދުން ސަހަރާގެ ތެރެއިން ބައެއް ނަގާފައި އެ ބޭފުޅުންނަށް ހާއްސަ ޕާކިން ޒޯނެއް ހަމަޖައްސައި ދިނުމަށް،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ބައެއް މަގުތަކަކީ ހިނގާފައި އުޅޭ މަގުތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއު މަޑުޖައްސާލައިފައި ވަނީ މާލޭގައި މިހާރު ހިނގަމުންދާ ބައެއް ކަންތައްތައް ހުރި ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރުން އެ މަޝްރޫއު މަޑުޖައްސައިލާފައިވީ ނަމަވެސް ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން އެ ހިސާބުގެ ބައެއް މަގުތައް ނުވަތަ ގޯޅިތަކަކީ ހިނގާފައި އުޅޭ ގޯޅިތަކެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް "އެދިލައްވައިފި ނަމަ ސާވޭތަކެއް ކުރުމަށް ފަހު" އެކަން ކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެން މަޑުޖައްސާލީ މާލޭގެ ކަންތައްތައް މިހާރު ހުރި ގޮތުން. އެހެންނަމަވެސް މި ދެންނެވިހެން ބައެއް ގޯޅިތަކުގެ ރައްޔިތުން އިސްނަންގަވައިގެން އަޅުގަނޑުމެންނަށް ވަނީ ހުށަހަޅާފައި. ދެން އަޅުގަނޑުމެން ގޮސް އެ ގޯޅިތަކުގެ ގޭގެއަށް ގޮސް ކޮންމެ ގެއަކުން ފޯމެއް ފުރައިގެން ސާވޭ ކޮށްފިން. ކުރީމާ މި ދެންނެވި ގޯޅިތަކުގައި އުޅުއްވާ ފަރާތްތަކުގެ 96 އިންސައްތަ ފަރާތްތަކުން ބޭނުންވޭ އެ މަގުތައް ނުވަތަ ގޯޅިތަކަކީ ހިނގާފައި އުޅޭ ގޮތް ހަދައިދިނުމަށް. ދެން އެހެން ފަރާތްތަކުގައި ވެސް ހުރި ކަންބޮޑުވުންތަކަށް އަޅުގަނޑުމެންނަށް އެޑްރެސް ކުރެވޭތޯ ބަލާނަން. އެހެންވީމަ މިދިޔަ ދުވަސްތަކުގައި މުޅިން މިދިޔައީ ސާވޭ ކުރުމާ ރައްޔިތުން ބޭނުންވާ ކަންކަން ބެލުމާ އެގޮތަށް." މުއިއްޒު ވިދާޅުވި އެވެ.

މައްޗަން ގޯޅި ސަހަރާ ކައިރީގައި ހަދާފައިވާ ޕާކިން ޒޯން: ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

ރައްޔިތުންނަށް ހިތް ފަސޭހަ ތަނަކަށް މާލެ ހެދުމަށް ހިންގާ މަޝްރޫއުތަކުގެ ދަށުން ހެންވޭރު ރަތްވިލާމަގާއި ހީނާގޯޅި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން ބަންދު ކުރި އެވެ. އެހެންނަމަވެސް ފަހުން މިނިސްޓްރީން ވަނީ ނުވަދެވޭ ގޮތަށް ބަންދުކުރި ގޯޅިތަކުގައި ޖަހާފައި ހުރި ދަގަނޑުތައް ނަގާފަ އެވެ.

ހައުސިން މިނިސްޓްރީން އޭރު ބުނީ އެ ދަގަނޑުތައް ނެގީ އިމެޖެންސީ ހާލަތްތަކުގައި އެ މަގަކަށް ނުވަތަ ގޯޅިއަކަށް ނުވަދެވޭނެތީ ކަމަށެވެ.

comment ކޮމެންޓް