ޖޭޕީގެ ސޮބާހު ބަންދުން ދޫކޮށްލައިފި

ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދު-- ސަން ފައިލް ފޮޓޯ

އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ، ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދު ބަންދުން ދޫކޮށްލައިފި އެވެ.

ސޮބާހް ބަންދުން ދޫކޮށްލާފައިވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ނެވެ.

ސޮބާހު ހައްޔަރުކޮށްފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަދެއްކެވި ކަމުގެ ތުހުމަތުގައެވެ.

އަދި އެ މައްސަލައާ ގުޅިގެން ސޮބާހުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.

comment ކޮމެންޓް