ބޭސް ފަރުވާއަށް ފަހު އުއްތަމަ ފަނޑިޔާރު ރާއްޖެ ވަޑައިގެންފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު --- ސަން ފައިލް ފޮޓޯ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ލޮލޮގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެއްވުމަށް ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު އެނބުރި ރާއްޖެ ވަޑައިގަތީ މީގެ ދެ ދުވަސް ކުރިން ނެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކާމިޔާބު ސިއްހީ ފަރުވާފުޅަކަށް ފަހު، އުއްތަމަފަނޑިޔާރު ދިވެހި ދައުލަތުގެ ޚިދުމަތަށް ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ލޮލުގެ ފަރުވާއަކަށް އުއްތަމަ ފަނޑިޔާރު ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ.

comment ކޮމެންޓް