ބާސެލޯނާ އޯޕަންގެ ޗެމްޕިއަންކަން ނިޝްކޯރީ ހޯދައިފި

ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގެ ތަށި ނިޝްކޯރީ އުފުލާލައިގެން --- ފޮޓޯ/ އޭޕީ

ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރު ޖަޕާންގެ ކައި ނިޝްކޯރީ ހޯދައިފި އެވެ.

ނިޝްކޯރީ ޗެމްޕިއަންކަންހޯދީ ފައިނަލްގައި ސްޕެއިންގެ ޕަބެލޯ އަންޑޫހާރު ވަރަށް ވާދަވެރި ދެސެޓުން ބަލިކުރުމަށްފަހުގަ އެވެ.

ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް މެޗްގެ ތެރެއިން އަންޑޫހާރު --- ފޮޓޯ/ އޭޕީ

ދެ ސެޓްވެސް ނިޝްކޯރީ ކާމިޔާބު ކުރީ 6-4 ގެ ނާތީޖާއަކުންނެވެ.

މިއީ ނިޝްކޯރީ ހޯދި ނުވަ ވަނަ އޭޓީޕީ ވޯލްޑް ޓްއާއެވެ.

ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން ނިޝްކޯރީ ބުނީ މިއީ އޭނާއަށް މިއަހަރު މިހާތަށްއެންމެ ރަނގަޅަށް ކުޅެވުނު މުބާރާތް ކަމަށެވެ.

ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް މެޗްގެ ތެރެއިން ނިޝްކޯރީ --- ފޮޓޯ/ އޭޕީ

އޭނާ ބުނީ އަބަދުވެސް ބާސެލޯނާ އޯޕަން ޓެނިސް މުބާރާތް ކުޅުމަށް ޝައުޤުވެރިވާ ކަމަށާއި އަންނަ އަހަރުވެސް އެ މުބާރާތް ކާމިޔާބު ކުރުމަށް އުންމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް