ހެލްތު މިނިސްޓަރު ޒުހޫރަށް މަޖިލީހުން ރުހުން ދީފި

އަހުމަދު ޒުހޫރު ހެލް މިނިސްޓަރު ކަމުގެ ހުވާކުރައްވަނީ -- ސަންފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ހެންވޭރު މާބަނޑޭރިއާގެ އަހްމަދު ޒުހޫރަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

ޒުހޫރަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 48 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް ޔާމީން ހެލްތު މިނިސްޓަރުކަމަށް ޒުހޫރު އައްޔަން ކުރައްވާފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.

މީގެ ކުރިން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޝަކީލާއަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުން ވަނީ ރުހުން ނެތް ކަމަށް ފާސްކޮށްފައެވެ. އޭގަފަހުން މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ މިނިސްޓްރީ ވަގުތީގޮތުން ހިންގަވަމުން ގެންދެވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމެވެ.

ނާޒިމް މިނިސްޓަރު ކަމުން ވަކިކުރެއްވުމަށްފަހު ރައީސް ޔާމީން އެމިނިސްޓްރީ ހިންގެވުން ހަވާލުކުރައްވާފައި ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ އެވެ.

comment ކޮމެންޓް