މޮންޓޭކާލޯ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ޖޮކޮވިޗް ރެކޯޑެއް ގާއިމްކޯށްފި

މޮންޓޭކާލޯ މާސްޓާސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ނޮވޯކް ޖޮކޮވިޗް މުބާރާތުގެ ތަށި އުފުލާލައިގެން --- ފޮޓޯ/ އޭޕީ

ތޯމަސް ބާޑިޗް ބަލިކޮށް މޮންޓޭކާލޯ މާސްޓާސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ސީޒަންގައި ޖެހިޖެހިގެން ތިން ފަހަރަށް މާސްޓާސް ޓެނިސް މުބާރާތެއް ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ނޮވޯކް ޖޮކޮވިޗް ގާއިމްކޮށްފިއެވެ.

ފްރާންސްގެ މޮނާކޯގައި ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލް މެޗްގައި ފުރަތަމަ ސެޓް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗް ކާމިޔާބު ހޯދީ 7-5 ގެ ނަތީޖާއަކުންނެވެ. ދެވަނަސެޓުން ބާޑިޗް 6-4 ގެނަތީޖާއަކުން މޮޅުވިނަމަވެސް ތިން ވަނަ ސެޓުން ޖޮކޮވިޗް މޮޅުވީ 6-3 ގެ ނަތީޖާއަކުންނެވެ.

މޮންޓޭ ކާލޯ މާސްޓާސް ޓެނިސް މިބާރާތުގެ ފައިނަލްގައި ވާދަކުރި ދެ ކުޅުންތެރިން ކަމުގައިވާ ނޮވޯކް ޖޮކޮވިޗާ ތޯމަސް ބާޑިޗް --- ފޮޓޯއޭޕީ

މޮންޓޭކާލޯ މާސްޓާސް ޓެނިސް މުބާރާތުގެކުރިން ޖޮކޮވިޗް27، ވަނީ އެމެރިކާގެ ކެލިފޯނިއާގައި ބޭއްވި 'އިންޑިއަން ވޭލްސް މާސްޓާސް' މުބާރާތާއި، ފްލޮރިޑާގައި ބޭއްވި 'މަޔާމީ މާސްޓާސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މިއީ ޖޮކޮވިޗް މިމުބާރާތުގެޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން މިމުބާރާތުގެ ޗެމްޕިއަންކަން އޭނާ ހޯދާފައިވަނީ 2013 ވަނަ އަހަރުގައެވެ. މިމުބާރާތަށް ފަހު ޖޮކޮވިޗް ދެން އަމާޒަކީ އަންނަމަހު ފަށާ ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ގުރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކުރުމެވެ.

މޮންޓޭކާލޯ މާސްޓާސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ނޮވޯކް ޖޮކޮވިޗް މުބާރާތުގެ ބޯޅަ ހޮވާ ކުދިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ/ އޭޕީ

ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ އޭނާ ޓެނިސް ހަޔާތުގައި މިއަހަރުގެ އެންމެ މުހިންމު ވަގުތު މިވަނީ ޖެހިފައި ކަމަށާއި އަމާޒަކީ އެހެން ބޮޑެތި މުބާރާތްތަކުގައިވެސް އެންމެ ރަނގަޅަށް ޕާފޯމް ކުރުންކަމަށެވެ.

comment ކޮމެންޓް