މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ހޮލިޑޭ އައިލެންޑް ރިސޯޓު ---- ފޮޓޯ/ ގޫގަލް

ހޮލިޑޭ އައިލެންޑު ރިސޯޓުގައި މިއަދު މޫދަށް އެރިއުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަރުވެފައި ވަނީ އުމުރުން 69 އަހަރުގެ އޮސްޓްރިއާގެ ރައްޔިތެއް ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު މެންދުރުފަހު 3:35 އެހާކަންހާއިރު ލިބުމާ އެކު ވަގުތުން އޭނާ އދ. މާމިގިލީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް