ފާރަގެމައިގައި ހިމެނޭ 16 ކުއްތާ ރާއްޖެ ގެނެސްފި

ރާއްޖެ ގެނެސްފައިވާ ކުއްތާއެއް -- ސަން ފައިލް ފޮޓޯ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ހަލުވިކޮށް ފުޅާ ކުރުމުގެ ގޮތުން އެކުލަވާފައިވާ ފުރަތަމަ ޑޯގް ސްކޮޑު (ފާރަގެމަ)ގައި ހިމެނޭ 16 ކުއްތާ ވެސް ރާއްޖެ ގެނެސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، ފުރަތަމަ ގޯޑް ސްކޮޑުގައި ހިމެނޭ 16 ކުއްތާ ގެނެސްފައި ވަނީ ތިން ބުރެއްގެ މަތިން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ފަސް ކުއްތާ މިމަހުގެ 23 ވަނަ ދުވަހު ގެނެސްފައިވާއިރު 24 ވަނަ ދުވާއި 25 ވަަނަ ދުވަހު ވެސް ވަނީ ފަސް ކުއްތާ ރާއްޖެ ގެނެސްފަ އެވެ. އަދި 16 ވަނަ ކުއްތާ ގެނެސްފައި ވަނީ 26 ވަނަ ދުވަހު އެވެ.

ކުއްތާތައް ރާއްޖެ އަށް ގެނެސް ނިމުނު ދުވަހުން ފެށިގެން އެ ކުއްތާތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފުލުހުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ކުއްތާތަކުގެ ތެރޭގައި ހިމެނެނީ އަންހެން ހަތަރުު ކުއްތާ އަދި ފިރިހެން 12 ކުއްތާ އެވެ.

ރާއްޖެއަށް ގެނެސްފައިވާ މި ޑޯގް ސޮކަޑަށް "ފާރަ ގެމަ"ގެ ނަން ދީފައިވާއިރު ވަކިވަކި ކުއްތާތަކަށްް ދޭނެ ނަންތައް ފާސް ކުރުމަށް ދިވެހި ބަހުގެ އެކަޑަމީ އަށް ފުލުހުން ވަނީ ހުށަހަޅައިފަ އެވެ.

comment ކޮމެންޓް