މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެއްގައި ހަތަރު މީހަކު ހޯދަނީ

ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހޯދަން އިއުލާނު ކުރި ހަތަރު މީހުން --

ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަތަރު މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނު ކޮށްފިއެވެ.

ފޮޓޯ އާއްމުކޮށް، ފުލުހުން ހޯދަން އިއުލާނު ކޮށްފައި ވަނީ،

  • އާމިނަތު ޝީޒާ، 33އ، ހުޅުމާލެ ފެއާވިލެޖް
  • ހަސަން ނަބީލް، 42އ، ގއ. ކަނޑުހުޅުދޫ، ފެހިއައްސޭރި
  • އީސާ އިބްރާހީމްފުޅު، 46އ، ތ. ތިމަރަފުށި، ބަނަފުސާގެ
  • ޔޫސުފް މުހައްމަދު ޒައީމް، ކ. މާލެ، ހ. ދިޔަދޫ

ފުލުހުން ބުނީ، މި މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި މީހުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރީއެވެ.

މި މީހުން ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ. ހާޒިރު ވާން އަންގާފައި ވަނީ، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، އަންނަ އަންގާރަ ދުވަހުގެ 14:00 އަށެވެ.

comment ކޮމެންޓް