ރައިވެރިބޭގެ ޖިހާދުގެ ފެތުން ކާމިޔާބުކަމާއެކު ނިންމައިލައިފި

ރައިވެރިބޭގެ ޖިހާދުގެ ފެތުމުގައި ނައިބު ރައީސް ޑރ. ޖަމީލާއި ޔޫތު މިނިސްޓަރު މަލީހު އަދި ފެތުމުގެ ބައިވެރިން-- ސަން ފޮޓޯ/ އަލީ ނަސީރު

މިނިވަން ފަންސާސް ފާހަގަ ކުރުމަށް ސަރުކާރުން މިހާތަނަށް ކުރިއަށް ގެން ްދިޔަ ތަފާތު ހަރަކާތްތަކުގެ ތެރެއިން "ރައިވެރިބޭގެ ޖިހާދުގެ ފެތުން" ވަރަށް ތަފާތެވެ. އެތައް ބަޔަކު ބައިވެރިވި ބޮޑު ހަރަކާތެކެވެ. އެ ހަރަކާތް ވެގެން ގޮސްފައި ވަނީ މިހާތަނަށް މިނިވަން 50ގެ މުނާސަބަތުގައި ބޭއްވި އެންމެ ފޯރިގަދަ އެންމެ ކުލަގަދަ އެއް ހަރަކާތަށެވެ. މި ހަރަކާތް ނިންމާލީ ގިނަ ބައެއްގެ ބައިވެރިވުމާއެކު ސޯސަލް ސެންޓަރުގެ ސަރަހައްދުންނެވެ.

ވިލިނގިލިން މެންދުރު ފަހު ފެެށި އެ ހަރަކާތުގައި ބައިވެރިވުމަށް 1،500 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރިޔަސް، އެ ހަަރަކާތުގައި ކުޑަކުދިންނާ އެކު ގާތްގަނޑަކަށް 2000 އެއްހާ މީހުން ބައިވެރިވި ކަމަށް އިވެންޓްގެ އޮފިޝަލުން ވިދާޅުވި އެވެ. ވިލިމާލެ އާއި މާލެ އާއި ދެމެދު މިގޮތަށް ފެތުމުގެ ހަރަކާތެއް މިހާ ގިނަ ބަޔަކު ބައިވެރިވެގެން ބޭއްވި މިއީީ ފުރުތަމަ ފަހަރު ވެސްމެ އެވެ.

ވިލިމާލެއިން ފެށި މި ފެތުގެ ހަރަކާތުގައި ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޔޫތް މިނިސްޓަރު މަލީހު ޖަމީލްގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފެތުމުގެ ހަރަކާތް ނިންމެވުމަށް ފަހު ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ފެތުމުގެ މި ހަރަކާތުން ދައްކުވައިިދެނީ މިއަދު ވެސް ދިވެހިން އެކަކު އަނެކަކު ދެކެވާ ލޯތްބާއި ދިވެހިންނަކީ އެއްބައިވަންތަ ބައެއް ކަމަށެވެ.

ރައިވެރިބޭގެ ޖިހާދުގައި ބައިވެރިންގެ ތެރެއިން މަދު މީހަކަށްް ކޮންމެވެސް ވަރަކަށް ސިއްހީ ކުދި މައްސަލަތަކެއް ކުރިމަތިވި ދިމާވިޔަސް ބައިވެރިން ވެސް ފެތުން ނިންމާލާފައިވަނީ ވަރަށް ވެސް ޖޯޝާ ފޯރީގަ އެވެ.

ގިނަ އަދަދެއްގެ ކުޑަކުދިންނާާއި ސިފައިންނާއި ފުލުހުންގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި މި ހަރަކާތް ނިންމާލީ ފެތުމުގެ ހަރަކާތުގައި ބައިވެރިވި ހުރިހާ ބައިވެރިިން މާލެ އެރުމަށް ފަހު، ބޮޑު ތަކުރުފާނު މަގުގެ ހުޅަނގު ފަރާތު ސޯޝަލް ސެންޓަރު ކައިރީގައި ހަދާފައި ހުރި ސްޓޭޖްމަތިންް ހުށަހަޅައިދިން ބޮޑުބެރުގެ ފޯރިގަދަ ހަރަކާތަށް ފަހުގަ އެވެ.

comment ކޮމެންޓް