ރާވެރިބޭ ޖިހާދުގެ ފެތުން ފަށައިފި

ރާވެރިބޭ ޖިހާދުގެ ފެތުން ކުރިއަށް ދަނީ: ސަން ފޮޓޯ / ޔޫސުފް ސޮފްވާން

މިނިވަން ފަންސާސް ފާހަގަ ކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ފަންސާސް ރައިވެރިބޭގެ ފެތުން" ފަށައިފި އެވެ.

ވިލިމާލޭގައި މިއަދު 3:15 އެހާކަންހާއިރު ފެށި މި ފެތމުގައި އެންމެ ފުރަތަމަ ފެތުމަށް ހަމަޖެހިފައި ވަނީ ކުޑަކުދިން ނެވެ. ފަތުމުންދާ ވަގުތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުން ނެވެ.

"ރައިވެރިބޭގެ ޖިހާދުގެ ފެތުމުގައި" ބައިވެރިވުމަށް 1500 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ. މި މުބާރާތް ކުރިއަށްދާ ވަގުތު ވިލިމާލޭގައި ގައުމީ ލަވައިގެ ހަރަކާތް ކުރިއަށް ދާނެ ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ހަމައެއާއެކު ފަތާ ނިމުމަށްފަހު މާލެއަށް އަރަން ހަމަޖެހިފައި އޮތް ސަރަހައްދަކީ ޝޯޝަލް ސެންޓަރާ ދިމާލު ކަމަށް ވުމުން އެ ދިމާލު ވަނީ ގައިމީ ކުލަތަކުން ޒީނަތްތެރި ކޮށްފައެވެ.

މިއަދުގެ ފެތުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަމަލީ ގޮތުން ބައިވެރިވަޑައިގަންނަވާނެ އެވެ.

comment ކޮމެންޓް