އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި

ވީއައިއޭގައި ހިންގި މާރާމާރީގައި ހައްޔަރުކުރި ބިދޭސީ މީހާ --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މާރާމާރީ ހިންގައިގެން މިއަދު ހެނދުނު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ވީއައިއޭ ޓާމިނަލްގެ ޗެކިން ކައުންޓަރު ސަރަހައްދުގައި އެ މީހާ، މާރާމާރީ ހިންގާ ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ ވަނީ އެއާޕޯޓުގައި މަސައްކަތްކުރާ މީހަކަށް ހަމަލާ ދީފައެވެ.

ފުލުހުން ބުނީ، މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ބިދޭސީ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކަށް ހަމަލާ ދީފައި އެ ތަނުގައި ހުރި އެހެން މުވައްޒަފަކު ކޮއްޕައިލައެވެ. އެކަމަކު، ފަހުން އެ ސަރަހައްދުގައި ތިބި މީހުން ވަނީ އެ މީހާ ހުއްޓުވައިފައެވެ.

މާރާމާރީ ހިނގަން މެދުވެރިވީ ކީއްވެކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

comment ކޮމެންޓް