"ވެކޭޝަންސް އެކްސްޕޯ"ގެ ފަސްވަނަ އެޑިޝަން ބުރާސްފަތި ދުވަހު ފަށަނީ

މީގެ ކުރިން އޮތް ވެކޭޝަން އެކްސްޕޯއެއްގެ ތެރެއިން-- ފޮޓޯ: ހައިރައިޒް

"ވެކޭޝަންސް އެކްސްޕޯ"ގެ ފަސް ވަނަ އެޑިޝަން ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެފައިވާކަމަށް ހައިރައިޒްއިން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ހައިރައިޒްއިން ބުނީ، މި އެކްސްޕޯ ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ.

ކޮންމެ ދުވަހަކުވެސް ހަވީރު 04:00 އިން ފެށިގެން 06:00 އަށާއި ރޭގަނޑު 08:00 އިން ފެށިގެން 23:00 އަށް މި އެކްސްޕޯ ހުޅުވައިލެވިގެން ކުރިއަށްދާނެ ކަމަށް ވެސް ހައިރައިޒްއިން ބުނެއެވެ.

މީގެ އިތުރުން މި އެކްސްޕޯގައި ގިނަ ކުންފުނި ތަކަކުން ބައިވެރިވާކަން ފާހަގަކޮށް އެ ކުންފުނިން ބުނީ، އެއާލައިންތަކާއިި، ގެސްޓު ހައުސްތަކާއި، ޑައިވް ސެންޓަރުތަކާއި، ހައްޖާއި އުމްރާއަށް ގެންދާ ގުރޫޕްތަކާއި، ހޮސްޕިޓަލުތަކުގެ އިތުރުން، ސައުދީި އާއި ޖަޕާން ފަދަ ޗުއްޓީ ހޭދަކޮށްލަންދާން ރަނގަޅު މަންޒިލުތައް ވެސް މި އެކްސްޕޯގައި ބައިވެރިވާ ކަމަށެވެ.

މީގެ އިތުރުން މި އެކްސްޕޯ ކުރިއަށްދާ ކޮންމެ ދުވަހަކު ވެސް ވިޒިޓް އެންޑް ވިން ލަކީ ޑްރޯގެ ދަށުން ތަފާތު އިނާމުތައް ލިބޭނެ ކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ލިބޭ އިނާމުތަކުގެ ތެރޭގައި:

  • ފްރީ އެއާލައިން ޓިކެޓު
  • އުމްރާ ދަތުރުތައް
  • ސަބްމެރިން ޓްރިޕްތައް
  • ރިސޯޓެއްގައި މަޑުކޮށްލުމުގެ ފުރުސަތު

އަދި މި ނޫން ވެސް އެތައް އިނާމުތަކެއް ލިބޭނެކަން އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.

މި އެކްސްޕޯއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. އެހެން ނަމަވެސް ކޮވިޑަށް ހުއްޓާލައި ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިއީ ބާއްވާ ފުރަތަމަ އެކްސްޕޯކަން ވެސް އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.

comment ކޮމެންޓް