މައި އެއާޕޯޓުން ކަރަންޓު ކެނޑި، ޚިދުމަތް ދެނީ ބެކަޕް ޖަނަރޭޓަރުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: އެ ތަނުން ކަރަންޓު ކެނޑި، މިހާރު ޚިދުމަތް ދެމުން އަންނަނީ ބެކަޕް ޖަނަރޭޓަރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޅި ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން މިއަދު ކަރަންޓު ކެނޑި ޚިދުމަތް ދިނުމަށް ބެކަޕް ޖަނަރޭޓަރު ބޭނުންކުރަން ފަށައިފިއެވެ.

އެއާޕޯޓުން ކަރަންޓު ކެނޑިފައި ވަނީ މިއަދު ހެންދުނު 8:30 ހާއިރެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރު ޝަމްއާން ޝާކިރު "ސަން"އަށް ވިދާޅުވީ، ކަރަންޓު ކެންޑެން މެދުވެރިވި ސަބަބު ނޭނގޭ ކަމަށެވެ.

"އިންޓަނޭޝަނަލް ޓާމިނަލްގައި ބެކަޕް ޖަނަރޭޓަރުން ޚިދުމަތް ދެމުން ދަނީ،" އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެމްއޭސީއެލްގެ ޓެކްނިކަލް ޓީމުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާޕޯޓުގައި ހުރި މީހަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ، ޚިދުމަތްތައް މެދުކެނޑުމުގެ ސަބަބުން އެއާޕޯޓުގައި މީހުން ތާށިވެ ވަރަށް ބޮޑަށް މުޅި އެއާޕޯޓު ތޮށްޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް