މޫސުން ރަނގަޅެއް ނުވޭ، މާދަމާ ވެސް ވިއްސާރަ ވާނެ

މީގެ ކުރިން މާލެއަށް ވިއްސާރަކުރި ދުވަސްވަރެއްގައި އަމީނީ މަގުގައި ފެންބޮޑުވެފައި -- ސަން ފައިލް ފޮޓޯ/' މުޙައްމަދު މާވީ

މޫސުން އަދިވެސް ގޯސް ކަމަށާއި، މާދަމާ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފިއެެވެ.

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެތީވެ، މިރޭ 21:15 އިން މާދަމާ 00:30 އަށް ކ. އަތޮޅުން ފެށީގެން އއ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ބާރަށް ގުގުރާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

ވިއްސާރަ ނަމަވެސް ކަނޑުތައް ގަދަ ނޫން ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓްއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ވާނެ ކަމަށެވެ.

https://sun.mv/190880

ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްޔެ ކުރި ވިއްސާރައިގައި މާލޭގެ 132 ގެއަކާއި ށ. ފީވަކުގެ 20 ގެއަކަށް އަދި އެ އަތޮޅު ފޯކައިދޫގެ ތިން ގެއަކަށް ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް