18 އަހަރުގެ ޚިދުމަތަށްފަހު އިމްގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރަކަށް އަޝްފާން

އަޝްފާން ----

އިމިގްރޭޝަންގެ ޚިދުމަތުގައި 18 އަހަރު ހޭދަކުރެއްވުމަށްފަހު އެ އިދާރާގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އަހުމަދު އަޝްފާން އައްޔަންކޮށްފިއެވެ.

އެ މަގާމަށް އަޝްފާން ހަމަޖެއްސެވުމަށްފަހު އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ވަނީ އޭނައަށް މަރުހަބާ ކިޔައިފައެވެ.

އިމިގްރޭޝަނުން ބުނީ އަޝްފާން އެ އިދާރާގެ އޮފިސަރެއްގެ ގޮތުގައި 18 އަހަރު ހޭދަކޮށްފައިވާ ކަމަށާއި މުސްތަގްބަލުގައި އޭނާއަށް އިތުރު ކުރިއެރުމަށް އެދޭ ކަމަށެވެ.

އަޝްފާންއަކީ ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރާއްޖޭގެ އެއް ނަންބަރު ފުޓުބޯޅަ ކުޅުންތެރިޔާ އަޝްފާގް އަލީގެ ބޭބެއެވެ. އަޝްފާން ވެސް ވަނީ ފުޓްބޯޅައިގެ އެކި މެޗުތަކުގައި ވާދަކޮށްފައެވެ. ކުޅިވަރުގެ ދާއިރާގެ އެކި މަގާމުތައް ވެސް އަޝްފާން ވަނީ ފުރުއްވާފައެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލަރަކީ ވެސް އެ އިދާރާގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޒުވާނެއްކަމަށްވާ މުޙައްމަދު ޝަމްއާން ވަހީދެވެ.

comment ކޮމެންޓް