މެލޭޝިއާ އެއާލައިންސްއިން ރާއްޖެ ހިމެނޭހެން 3 ރޫޓަކަށް ދަތުރު ފަށަނީ

މެލޭޝިއާ އެއާލައިންގެ މަތިންދާ ބޯޓެއް --- ފޮޓޯ/ މެލޭޝިއާ އެއާލަައިންސް

މެލޭޝިއާ އެއާލައިންސް ބެރްހާދް (އެމްއޭބީ)އިން ރާއްޖެ ހިމެނޭހެން އާ ތިން ރޫޓެއް ތައާރަފްކޮށް ޓިކެޓްތައް ވިއްކަން ފަށައިފިއެވެ.

ބޭރުގެ ނޫހެއް ކަމަށްވާ މެލޭމެއިލް ގައި ބުނެފައިވާ ގޮތުން އާ ތިން ރޫޓެއް ތައާރަފްކޮށްފައިވަނީ މާކެޓު އިތުރަށް ފުޅާކުރުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން އެމްއޭބީއިން އަލަށް ދަތުރުތައް ތައާރަފްކޮށްފައިވަނީ:

  • ޑަ ނަންގް
  • ޗިއަންގް މައި
  • ރާއްޖެ

އެމްއައިބީ އަކީ މެލޭޝިއާ އޭވިއޭޝަން ގްރޫޕުގެ ބައެއް ކަމަށް އެ ނޫހުގައިވެއެވެ.

އެގޮތުން ކުއަލަލަންޕޫރްގައި ހުންނަ އެ އެއާލައިންސްގެ މައި ހަބުން ކަނެކްޓިވިޓީ އިތުރުކޮށް އެ ތަންތަނަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަަމަށް މެލޭ މެއިލްއިން ބުނެފައިވެއެވެ.

އެމްއޭބީން ކޮންމެ ދުވަހަކު ރާއްޖެއަށް ކުރުމަށް ނިންމާފައިވާ ދަތުރުތައް ފަށާނީ އޮގަސްޓު އެއްވަނަ ދުވަހުން ފެށިގެންނެވެ. އެއާއެކު، ޑަ ނަންގްއަށް ސެޕްޓެންބަރު 12 އިން ފެށިގެން ކޮންމެ ދުވަހަކު ދަތުރުތައް ކުރުމަށް ނިންމާފައިވާއިރު ޗިއަންގްމައި އަށް ދަތުރުތައް ކުރާނީ ހަފްތާއަކު ފަސް ދުވަހުއެވެ.

އެ ގައުމަށް ދަތުރުތައް ފަށާނީ އޮގަސްޓު 15ގައި ކަމަށް އެ ނޫހުން މައުލާމާތު ދެއެވެ.

އެ ނޫހުން ބުނާ ގޮތުން މިއީ މެލޭޝިއާ އެއާލައިންސް އިން ދެކުނު އޭޝިއާއަށް ކުރާ 13 ވަނަ މަންޒިލް ކަމަށާއި އާސީންއަށް އަށް ކުރާ 16 ވަނަ މަންޒިލް ކަމަށެވެ.

އެ އެއާލައިންއިން ތިން ވަނަ ކުއާޓަރުގައި ދަތުރުކުރާ ފުރަތަމަ މަތިންދާބޯޓު ޑެލިވަރީ ކުރުމަށް ހަމަޖެހިފައިވާ ފްލީޓް މޮޑަނައިޒޭޝަން ޕްލޭންގެ ދަށުން އޭ-330 ނިއޯ ބިޒްނަސް ކްލާސް އަދި އިކޮނޮމީ ކްލާހުގެ އާ ގޮނޑިތައް ވެސް ވަނީ ދައްކާލާފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

comment ކޮމެންޓް