ޖީއެމް ފޯރަމްގެ ޓައިޓްލް ސްޕޮންސާއަކަށް އުރީދޫ ހަމަޖައްސައިފި

މިދިޔަ އަހަރު ބޭއްވި ޖީއެމް ފޯރަމްގެ ތެރެއިން-- ފޮޓޯ/ ހޮޓެލިއާ މޯލްޑިވްސް

ހޮޓެލިއާ މޯލްޑިވްސްއިން ބާއްވާ ޖީއެމް ފޯރަމް (ޖެނެރަލް މެނޭޖަރސް ފޯރަމް) 2020ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އެކަމާ ގުޅޭގޮތުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން ވިދާޅުވީ މިއަހަރުގެ ޖީއެމް ފޯރަމަކީވެސް ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް މުހިންމު އަދި ކާމިޔާބު ފޯރަމަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޖީއެމް ފޯރަމް 2020ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ހަމަޖެއްސުން-- ފޮޓޯ/އުރީދޫ

"ޖީއެމް ފޯރަމްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބްރޭންޑްތަކުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން އެއްތަންވެ ދާއިރާގެ ކުރިމަގު ބައްޓަން ކުރުމަށް ވާހަކަ ދެއްކޭ އަދި ކޮންމެހެންވެސް ބައިވެރިވުން މުހިއްމު އިވެންޓެއް. ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ހާއްސަ އަހަމިއްޔަތުކަމެއް ދީގެން." ނަޖީބް ހާން ވިދާޅުވި އެވެ.

ޖީއެމް ފޯރަމަކީ ރާއްޖޭގެ ރިސޯޓުތަކާއި ހޮޓެލްތަކުގެ ޖެނެރަލް މެނޭޖަރުންނަށް ހާއްސަ ކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ފޯރަމެވެ.

މި ފޯރަމްގެ މަގްސަދަކީ ރިސޯޓުތަކާއި ހޮޓެލްތަށް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި މެދު މަޝްވަރާކޮށް، ހައްލެއް ހޯދޭނެ ޕްލެޓްފޯރމްއެށް ގާއިމް ކުރުމެވެ.

މިއަހަރުގެ ޖީއެމް ފޯރަމް އޮންނާނީ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގަ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. އެއް ދުވަހުގެ މުއްދަތަކަށް ބާއްވާ މި ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން އެއަހަރަކަށް ހާއްސަކޮށްފައިވާ މައުޟޫއާ ގުޅޭ ކީ ނޯޓް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަށް ކުރިއަށްށްދާނެ އެވެ.

މި ފޯރަމްގެ ފަސްވަނަ އެޑިޝަން މިއަހަރު ބާއްވާއިރު، މިއަހަރުގެ ފޯރަމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 100 އަށްވުރެ ގިނަ ބްރޭންޑުތަކުގެ ޖެނެރަލް މޭނޭޖަރުން ބައިވެރިވާނެ ކަމަށް ލަފާކުރެވެ އެވެ.

އޭގެ ތެރޭގައި ހޮޓެލް އަދި ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުން، ސީ ސޫޓް ހޮޓެލިއަރުން، ހޮޓެލް މެނޭޖްމެންޓް ކުންފުނިތަކުގެ ވެރިންނާއި ޑިވެލޮޕަރުންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކް ހޯލްޑަރުން ހިމެނެ އެވެ.

މި ފޯރަމާ ގުޅޭ އިތުރު މައުލޫމާތު ހޮޓެލިއާ މޯލްޑިވްސްގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

comment ކޮމެންޓް