އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒް، ސީޒަން އެކެއްގެ ޗެމްޕިއަނަކަށް ޒަމީލް

އުރީދޫ ނޭޝަންގެ އީއޭއެފްސީ ޗެމްޕިއަން މުހައްމަދު ޒަމީލް-- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒްގެ ނަތީޖާ ފާޅުކޮށްފިއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތް ކުރިއަށްގެންދިޔައީ، މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެންނެވެ.

އުރީދޫ ނޭޝަންގެ އީއޭއެފްސީ ޗެމްޕިއަންޝިޕްގެ ނަތީޖާ ފާޅުކޮށްފި--- ފޮޓޯ:އުރީދޫ

އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒް، ސީޒަން އެކެއްގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ:

  • ޗެމްޕިއަން: މުހައްމަދު ޒަމީލް ޒިހުނީ (8000 ރުފިޔާ)
  • ރަނަރަޕް: ރާއިދު ހަސަން (4500 ރުފިޔާ)
  • 2 ވަނަ ރަނަރަޕް: މުހައްމަދު ރިޝްފާން އަހްމަދު (2500 ރުފިޔާ)

އުރީދޫއިން ބުނީ އުރީދޫ ނޭޝަންގެ ފަރާތުން ރާވައިގެން ކުރިއަށްގެންދާ އެ މުބާރާތްތަކަކީ ރާއްޖޭގައި ކުރިއަރަމުންދާ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ބާއްވާ މުބާރާތްތަކެއް ކަމަށެވެ.

މީގެއިތުރުން، އުރީދޫއިން މަސައްކަތްކުރަނީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވައި މިކަމުގައި އުޅޭ ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެއާއެކު، އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ކުރިއަށް ހުރި މުބާރާތްތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އުރީދޫއިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް