ގަމުގައި ސިހުރު ހަދަން ގެންގުޅުނު ފޮތްތަކެއް ފުލުހުން ހޯދައިފި

ފުލުހުން ހޯދު ސިހުރު ފޮތްތައް -- ފޮޓޯ/ ޕޮލިސް

ލ. ގަމުގައި ބަޔަކު ސިހުރު ހަދަން ގެނގުޅުނު ފޮތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ގަމު މަތިމަރަދޫ ގެއެއް ބަލާ ފާސްކޮށް ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކެއް ފުލުހުންގެ ބެލުމުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ ގެ ބަލާ ފާސްކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އެމައްސަލާގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ސިހުރު ހަދައިގެން މީގެ ކުރިން ބައެއް މީހުންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި އެބަހުއްޓެވެ.

comment ކޮމެންޓް